ENGLISH
25 އޭޕްރީލު 2026
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ދެ މީހަކު ހޯދަނީ
25 އޭޕްރީލު 2026
|
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދާ ޢަލީ ލިވާޛު
އެންމެ މަޤްބޫލު
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކާ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ކަމަށެވެ.
ސިވިލް ކޯޓުގެ އަމުރާ ގުޅިގެން ހޯދަމުން ދަނީ މއ. ލިވާޒާހައުސް / މާލެ، ޢަލީ ލިވާޛު (32އ) އެވެ. ޢަލީ ލިވާޛު ހޯދަމުންދަނީ ބަންދުގައި ބަހައްޓައިގެން 2026 އޭޕްރީލް 26 ވަނަ ދުވަހު ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓަގެ އަމުރާ ގުޅިގެން ހޯދަމުންދަނީ މ. ނެއްލައިދޫގެ / މާލެ، ޢާއިޝަތު ޝަޢުފާ ޖަޢުފަރު (25އ) އެވެ. ޢާއިޝަތު ޝަޢުފާ ޖަޢުފަރު ހޯދަމުންދަނީ ވެސް ބަންދުގައި ބަހައްޓައިގެން 2026 އޭޕްރީލް 27 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޢާއިޝަތު ޝަޢުފާ ޖަޢުފަރު އަދި ޢަލީ ލިވާޛުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުމަށް ފުލުހުން ވަނީ އާންމުންގެ ފަރާތުން އެދިފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.