ENGLISH
25 އޭޕްރީލު 2026
ބާރަށުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް، އަވަސްކުރުމަށް އެމްޓީސީސީގެ އިތުރު ޓީމެއް އެރަށަށް ގޮސްފި
25 އޭޕްރީލު 2026
|
ހއ. ބާރަށުގައި ސަރުކާރުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ހަލުވިކުރުމަށް އެރަށަށް އެމްޓީސީސީގެ އިތުރުޓީމެއް ގޮސްފި: މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް.
އެންމެ މަޤްބޫލު
ހއ. ބާރަށުގައި ސަރުކާރުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ހަލުވުއިކުރުމަށް އެރަށަށް އެމްޓީސީސީގެ އިތުރުޓީމެއް ގޮސްފިއެވެ.
ބާރަށު ދާއިރާގެ މެންބަރު އެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅު ތަކުގެ ތެރޭގައި ހިމެނޭ، ހއ.ބާރަށު މިސްކިތުގެ މަސައްކަތް ހަލުވިކޮށް ބާރަށް ކުރިއަށްގެންދިއުމަށްޓަކައި އެމްޓީސީސީގެ އިތުރު ޓީމެއް އިއްޔެ ބާރަށަށް ގޮސްފައިވާކަމަށެވެ. އަދި މާތްاللهގެ ހެޔޮރަޚްމަތާއެކު ކުރިއަަށްވުރެ ބާރަށް މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.
މި ސަރުކާރުން ބާރަށުގައި އިމާރާތްކުރުމަށް ނިންމާފައިވަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަޝްރޫޢުގެ ތެރެއިން ނަމާދުކުރާ ހޯލަކާއި، އިމާމު މީހާއަށް ކޮޓަރިއަކާއި، އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވުޟޫކުރާނެ ސަރަހައްދެއް ބިނާކުރުން ހިމެނޭކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މީގެ އިތުރުން މިސްކިތް އެއާކޯންކުރުމާއި 3 ފާޚާނާ އިމާރާތްކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެމްޓީސީސީން ބާރަށުގައި މިސްކިތް އިމާރާތްކުރުމުގެ އިތުރުން ޕޮލިސް ސްޓޭޝަނެއް އެޅުމުުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.