ENGLISH

24 އޭޕްރީލު 2026

Advertisement

ކާބޯތަކެތީގެ ރައްކާތެރިކަމާއި އެކްސްޕޯޓް ކުރިއެރުވުމަށް ޗައިނާއާއެކު މަޝްވަރާކޮށްފި

24 އޭޕްރީލު 2026

|

ފާތުމަތު އަދާ

ކާބޯތަކެތީގެ ރައްކާތެރިކަމާއި އެކްސްޕޯޓް ކުރިއެރުވުމަށް ޗައިނާއެކު މަޝްވަރާކޮށްފައިވާ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދް ބުނެފިއެވެ.

އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު، "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވައިސް ގަވާނަރު، ރެން ޖިންގޮން އިސްކޮށް އުޅުއްވާ ޗައިނާގެ ސިވުއާންގެ ވަފުދަށް މަރުހަބާ ދަންނަވާފައެވެ.

އެ ވަފުދަށް މަރުހަބާ ދަންނަވައި، ވަފުދުގެ ބައިވެރިންނާއި އެކު ބައްދަލުވުމެއް ބޭއްވި ކަމަށް ވަޒީރު ފާހަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި، ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓްގެ (މިނިވަން ވިޔަފާރީގެ އެއްބަސްވުން) ބޭނުން ހިފާނެ ގޮތްތަކާއި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމާ ބެހޭގޮތުން އުފެއްދުންތެރި މަޝްވަރާތަކެއް ވަނީ ކޮށްފައެވެ.

 މީގެ އިތުރުން، ކާނާގެ ރައްކާތެރިކަމާއި އެކްސްޕޯޓް ޕްރޮމޯޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުންވެސް ވާހަކަ ދައްކާފައިވާ ކަމަށްވެސް ވަޒީރު ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، ރާއްޖޭގެ ތަރައްގީގެ އިސްކަންދޭ ކަންކަމުގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން ފާހަގަކޮށް، އެކަމަށް ވަޒީރު ވަނީ ތައުރީފްކޮށްފައެވެ. އަދި 2024 ވަނަ އަހަރު ބެއިޖިންގްއަށް ކުރެއްވި ދައުލަތުގެ ދަތުރުފުޅުގައި ދެ ގައުމުގެ ވެރިން އެއްބަސްވެވަޑައިގެންފައިވާ ގޮތުގެ މަތިން އިގްތިސާދީ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު