ENGLISH

20 އޭޕްރީލު 2026

Advertisement

އަޝްފާއާ ޝާނީޒްގެ ކައިވެނީގެ ދުވަހެއް ނޫން, ދެ އަހަރު ވަނީ

20 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ޝާނީޒްއާ އަޝްފާ -- ފޮޓޯ: އަޝްފާގެ އިންސްޓަގްރާމް

ސޯޝަލް މީޑިއާގައި ކޮންމެ ވާހަކައެއްވެސް ވައިރަލް ވެދާނެ އެވެ. ބައެއް ފަހަރު މީހުންނާއި ގުޅޭ ވާހަކަތަކެވެ. ބައެއް ފަހަރު ރަށްރަށާއި ތަންތަނާއި ގުޅޭ ވާހަކަތަކެވެ. މީހުން ކޮށްފައި ހުންނަ ކަންކަމުގެ ވާހަކަ އެވެ. އެކި މީހުންގެ ތަފާތު ވީޑިއޯތަކާއި ފޮޓޯތަކެވެ.

ގިނަ ފަހަރަށް މިގޮތަށް ވައިރަލްވަނީ ތަފާތު އެކި ދާއިރާތަކުން މަޝްހޫރު މީހުންނެވެ. މިގޮތަށް ގިނަ ފަހަރަށް ފެތުރޭ ވާހަކަތަކުގައި ހަގީގަތަށް ވުރެ ބޮޑަށް ހުންނަނީ ހަގީގަތެއް ނެތް ފޭކު ވާހަކަތަކެވެ.

އަޝްފާ އާންމުކޮށްފައިވާ ފޮޓޯތައް -- 

މިއަދު ވެސް އެފަދަ ވާހަކަތަކެއް ފެތުރި ވަރަށް ބޮޑަށް ވައިރަލްވި އެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ކައިވެނީގެ ވާހަކަ އެވެ. އަޝްފާ, ޝާނީޒް އަލީއާ ކައިވެނި ކުރި ވާހަކަ އެވެ.

ޝާނީޒް އަކީ މި ފަހުން ސްކްރީނަށް އައި އެންމެ މޮޅެތި ފިލްމުތަކުގެ ޕްރޮޑިއުސަރެވެ. މިހާރު އިންޑަސްޓްރީގައި ހުރި އެންމެ ނުފޫޒު ގަދަ އެއް ޕްރޮޑިއުސަރެވެ. ޝާނީޒް, މީހުންނަށް އެނގޭ އެހެން ގޮތެއް ވެސް އޮވެ އެވެ.

އަޝްފާ އާންމުކޮށްފައިވާ ފޮޓޯތައް -- 

އެއީ ކުޅަދާނަ ފިލްމީ ތަރި ޚަދީޖާ އިބްރާހިމް ދީދީ (ކުޑަ ހައްޖަ) ގެ ކުރީގެ ފިރިމީހާގެ ގޮތުގަ އެވެ. ވާހަކަ ފެތުރުނީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ, ކުޑަ ހައްޖަގެ ކުރީގެ ފިރިމީހާ ޝާނީޒްއާ ކައިވެނި ކޮށްފި ކަމަށެވެ. އަޝްފާއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު އަބްދުލްޣަނީގެ ކުރީގެ އަންހެނުންނެވެ. އެހެންވީމަ އެ ވާހަކަ ވައިރަލްވާނެ ވަރު ވިސްނާލާށެވެ.

މުޅި ހަބަރާއި ގުޅިފައިވަނީ ދިވެހީންގެ މެދުގައި މަޤުބޫލް, މަޝްހޫރު މީހުންނެވެ. މި ވާހަކަ ފެތުރެން ދިމާވި ކަމަށް ބެލެވެނީ އިންސްޓަގްރާމް ގައި އަޝްފާ ކުރި ޕޯސްޓަކުން ކަމަށް ބެލެވެ އެވެ. އަޝްފާއަކީ އިންސްޓަގްރާމްގައި ނުފޫޒު ގަދަ ފަންނާނެކެވެ. އޭނާ ފޮލޯކުރާ 78ހާހަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.

އަޝްފާ އާންމުކޮށްފައިވާ ފޮޓޯތައް -- 

އަޝްފާ ވަނީ އޭނާގެ ފިރިމީހާއަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުވާ ޕޯސްޓެއް ކޮށްފަ އެވެ. ވަރަށް ލޯބިވާކަން ހާމަކޮށް ކޮށްފައިވާ އެ ޕޯސްޓްގައި ދެމަފިރީންގެ ރީތި އެހާމެ ހިތްގައިމު ފޮޓޯތަކެއް ހިމަނާފައިވެ އެވެ. އެއް ފޮޓޯގައި އެންގޭމަންޓް ރިންގް ވެސް ދައްކާލާފައިވެ އެވެ. ބަޔަކަށް އޮޅުނީ ނުވަތަ އޮޅުން އެެރީ އެހެންވެ ކަމަށް ވެދާނެ އެވެ.

މިއަދަކީ އަޝްފާއާ ޝާނީޒްގެ ކައިވެނީގެ ދުވަސް ކަމަށް ބަޔަކަށް ހީވުމުން ކަމުގެ ޙަޤީޤަތް ޝާނީޒް ވަނީ ސާފުކޮށް ދީފަ އެވެ. ސޯޝަލް މީޑިއާގައި މާ އެކްޓިވް ނޫނަސް ޝާނީޒަކީ އާންމުންގެ މެދުގައި މިހާރު އެންމެ މަޤްބޫލު ޕްރޮޑިއުސަރެވެ.

މީގެ ކުރީން އަޝްފާ އާންމުކޮށްފައިވާ ޝާނީޒްގެ ހަމައެކަނި ފޮޓޯ 

ޝާނިޒު ބުނި ގޮތުގައި މިއަދަކީ އެ މީހުންގެ ކައިވެނީގެ ދުވަހެއް ނޫނެވެ. އަދި ކުޑަ ހައްޖަގެ ފިރިމީހާ މީހާ ކައިވެނި ކޮށްގެނެއް ވެސް ނޫޅެ އެވެ. ކުޑަ ޙައްޖަގެ ފިރިއެއް ހުންނަކަން ވެސް އޭނާއަށް އެނގިފައެއް ނެތެވެ. 

އަދި ބުނީ އޭނާ އަޝްފާއާ ކައިވެނިކޮށްގެން އުޅޭތާ ދެ އަހަރުވާން ދަނީ ކަމަށެވެ. ކައިވެންޏަށް މިހާރު އެއް އަހަރާއި 11 މަހާއި ހަ ދުވަސް ވެއްޖެ އެވެ. 

"މިއީ އަޅުގަނޑަށް ލިބިފައިހުރި ޙައްޤު ތެދު މައުލޫމާތެވެ," ވަރަށް ސަމާސާ ބޮޑު މީހުންނާއި ވަރަށް ގުޅޭ މިޖާޒެެއްގެވެރި ޝާނީޒް އޭނާގެ ފޭސްބުކު އެކައުންޓުން ކުރި ޕޯސްޓްގައި ލިޔެފައިވެ އެވެ.

އިންސްޓަގްރާމްގައި އަޝްފާއަކީ ވަރަށް އެކްޓިވް ފަންނާނެކެވެ. 1,100 ވުރެ ގިނަ ޕޯސްޓް ކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޝާނީޒްގެ ފޮޓޯ ހިމެނޭ އެންމެ ފޮޓޯ އެކެވެ. އެއީ މިދިޔަ އަހަރު އުފަންދުވަހުގެ ތަހުނިޔާ ފޮނުވާ ކޮށްފައިވާ ޕޯސްޓެކެވެ. އެ ޕޯސްޓްގައި ފިރިމީހާއޭ ބުނެފައެއް ނެތެވެ. މުޚާތަބުކޮށްފައިވަނީ "ލަވް" އަދި "ޑާލިން" ގެ ނަމުންނެވެ.

އެހެން ކަމުން މި ދެ ފަންނާނުންގެ ކައިވެންޏާއި ގުޅޭގޮތުން ބަޔަކަށް މި ފަހަރު އޮޅުނީ އެވެ. ނުވަތަ އޮޅުން އެރީ އެވެ. ނޫނީ ގަސްތުގައި އޮޅުވާލީ އެވެ. 

ކިޔުންތެރިންގެ ހިޔާލު