ENGLISH

19 އޭޕްރީލު 2026

Advertisement

98 މީހުން މަރުވި ހިތާމަވެރި ހާދިސާއަށް ފަސް އަހަރު، ތަރައްޤީކުރެވުނު އިމާރާތުން އެންމެ ޔުނިޓެއްވެސް ނުވިކޭ

19 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ވެއްޓުނު ޗެމްޕްލޭން ޓަވަރ އަދި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އިމާރާތް

ހިތްދަތި ހިތާމަވެރި ހާދިސާތަކާ އަޅުގަނޑުމެންނަށް ތަސައްވަރު ނުކުރެވޭވަރުގެ އިހުސާސްތަކެއް ގުޅިފައިވެ އެވެ. މީހެއްގެ ނުވަތަ މީހުންތަކެއްގެ މަރުގެ ސަބަބުން ބަޔާންކުރަން ނޭނގޭ ބިރެއް ނުވަތަ ޖެހިލުމެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. 

ދެހާސް އެކާވީސް ވަނަ އަހަރު އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ފްލޮރިޑާގައި ހުންނަ ޗެމްޕްލޭން ޓަވަރ ވެއްޓި 98 މީހުން މަރުވި ހިތާވެރި ހާދިސާއަކީ ދުނިޔޭގެ ގިނަ މީހުންތަކަކަށް އޭގެ އަސަރު ކުރުވި ހާދިސާއެކެވެ. މިހާރު މިހާދިސާއަށް ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. ޗެމްޕްލޭން ޓަވަރ ހުރި ތަނުގައި މިހާރު ލަގްޒަރީ ފެންވަރުގެ ބޮޑު ބިލްޑިން އެއް ތަރައްޤީކުރެވިފައިވެ އެވެ. އެހެންނަމަވެސް މި ތަން ތަރައްޤީކުރި ރިއަލް ސްޓޭޓް ކުންފުނިން ރާވަފައިވާ ގޮތަށް އަދި މި އިމާރާތުގެ އެއްވެސް އެޕާޓްމެންޓެއް ނުވަތަ ޔުނިޓެއް ވިއްކިފައި ނުވާ ކަމަށް ދަ ރިއަލް ޑީލް އިން ބުނެފައިވެ އެވެ.

ދުބާއީގެ ޑިވެޕޮޕަރެއް ކަމަށްވާ ޑަމަކް ޕްރޮޕަޓީސް އިން މި ޕްރޮޕަޓީ ގަނެފައިވަނީ 120 މިލިއަން ޑޮލަރު ދެއްކުމަށް ފަހުއެވެ. އެއީ އެ އިމާރާތް ވެއްޓުނު ހާދިސާއަށް އެއް އަހަރު ވުމަށްފަހު  އެވެ. ކޯޓުން އަމުރުކޮށްފައިވަނީ އެތަން ވިއްކާގެން ލިބުނު ފައިސާ ކުރީގެ އެ ބިލްޑިންގްގެ ޔުނިޓްގެ ވެރިފަރާތްތަކަށާއި އެހާދިސާގައި ގެއްލުންވި ފަރާތްތަކަށް ދިނުމަށެވެ.

ދަ ރިއަލް ޑީލް އިން ބުނެފައިވަނީ އެތަން ވިއްކުމާއި އެތަން އަލުން ތަރައްޤީ ކުރުމާމެދު ހިޔާލު ތަފާތުވުމެއް އުފެދުނު ކަމަށެވެ. އެއީ އިމާރާތް ވެޓުނު ހާދިސާގައި އަނިޔާވެ، މަރުވެފައިވާ މީހުންގެ ހަދާނުގައި ހަދާނީ ބިނާއެއް އެޅުމަށް ގިނަ ފަރާތްތަކަކުން ބޭނުން ވުމުންކަމަށެވެ.

ގިނަ ފިއްތުންތަކާއެކުވެސް، ޑަމަކް އިން ވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑެލްމޯ ކިޔާ 12 ބުރީގެ "އަލްޓްރާ ލަގްޒަރީ ބޫޓިކް އޯޝަންފްރަންޓް ކޮންޑޮމިނިއަމް" އެއް ދައްކާލާފަ އެވެ. މިއީ ޒަހާ ހަދީދު އިން ފަރުމާކޮށްފައިބާ އުޑުމަތީގެ ރީތިކަން ދައްކުވައިދޭ 37 އެޕާޓްމެންޓެވެ.

ޑަމަކްގެ ޑިވެލޮޕްމަންޓްގެ ސީނިއާ ނައިބު ރައީސް ބުނެފައިވާ ގޮތުގައި އެ މަޝްރޫއުގައި އެއްވެސް ކޮންޓްރެކްޓެއް ގައި ސޮއިކޮށްފައެއް ނުވެ އެވެ. "2025 ވަނަ އަހަރުގެ ޖެނުއަރީ މަހު މި އިމާރާތް ލޯންޗް ކުރިއިރު، އުއްމީދު ކޮށްފައިވަނީ އެ އަހަރުގެ ފެބްރުއަރީއާ ހަމައަށް ވިއްކާ ނިންމާ ލެވޭނެ ކަމަށެވެ. އެހެންނަމަވެސް ކަންތައްތައް ވެގެން ދިޔައީ އުއްމީދު ކުރިގޮތާ މުޅިން ހިލާފަށެވެ.

ޔުނިޓްތައް ވިއްކަން ބޭނުންވި އަގާ ގާތަށް ނުވިއްކި އަގު ދަށްވެފައިވާކަމަށް ވެސް ބުނެފައިވެ އެވެ. އެހެންގައުމުތަކުގައި ވަރަށް ކާމިޔާބު މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް ޗެމްޕްލޭ ޓަވަރ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީހުން ޝައުގުވެރިކުރުމުގައި  އެތަން ހެދި މީހުންނަށް އަންނަނީ ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ. އެހެންކަމުން ދަ ރިއަލް ޑީލް ޑެމެކް އިން މަސައްކަތް ކުރަމުން އަންނަނީ އެހެން ޑިވެލޮޕާއެއް ކަމަށްވާ ދަ ޑެލްމޯއާ ގުޅިގެން މަސައްކަތް ކުރުމަށެވެ. އެމީހުންގެ ވިސްނުން އެ ޕްރޮޖެކްޓް ދޫކޮށްލުމަށް ނެތްކަމަށް ވެސް އެމީހުން ބުނެފައިވެ އެވެ.

މި ހާދިސާއިން އަޅުގަނޑުމެންނަށް އެގިގެންދަނީ، ކިތަންމެ ރީތި އަދި ފެންވަރު ރަނގަޅު ތަނެއް ތަރައްޤީ ކުރިނަމަވެސް، މީހުންނަށް ކުރެވިފައިވާ ހިތްދަތި އިހުސާސްއެއްގެ ސަބަބުން އެ މަޝްރޫއެއް ކާމިޔާބު ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު