ENGLISH

19 އޭޕްރީލު 2026

Advertisement

ދަރިފުޅުގެ ކައިވެނީގެ ހަފްލާގައި ތިއްބާ މުޅިދިރިއުޅުން އެފުށް މިފުށަށް.

17 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

އަލިފާނުގެ ހާދިސާއަށްފަހު ޖޯން ދެމަފިރިންގެ ގެ -- ފޮޓޯ: ގޯ ފަންޑް މީ

ދަރިންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަކީ، ކޮންމެ މަންމައަކާއި ބައްޕައެއްވެސް އިންތިޒާރު ކުރަމުން އަންނަ އުފާވެރި ދުވަހެކެވެ. މައިންބަފައިންނަށް އެދުވަހު ކުރެވެނީ ބަޔާންކުރަން ނޭގޭ އުފާވެރި އިހުސާސްތަކެކެވެ. މިފަދަ އުފާވެރި ދުވަހެއްގައި ހަދާނުން ފޮހެލަން ދަތި ހިތްދަތި ހާދިސާއެއް ހިގައިފާނެކަމަށް އެއްވެސް މަންމައަކާއި ބައްޕައެއް އުމީއްދެއް ނުކުރާނެކަން ކަށަވަރެވެ.

އެމެރިކާގެ އަވަށެއްކަމަށްވާ ނޯތް ކެރޮލީނާގައި ދިރިއުޅެމުންދިޔަ ދެމަފިރިއަކަށް ދިމާވި ހާދިސާއަކީ، އެމީހުންގެ ދުނިޔެ ފުޑު ފުޑުވެގެންދިޔަފަދަ ވޭނީ ހާދިސާއެކެވެ.

ޖޯން އާއި އޭނާގެ އަންހެނުން ޝެނަން އަކީ ނޯތު ކެރޮލީނާގައި ވަރަށް އުފާވެރިކަމާއި އެކީ ދިރިއުޅެކުމުން ދިޔަ ދެމަފިރިންނެވެ. އެމީހުންގެ އަންހެން ދަރިފުޅުގެ ކައިވެނީގެ ހަފްލާގައި ތިއްބާ، އައީ އަވަށްޓެރިއެއްގެ ފޯން ކޯލް އެކެވެ. އަވަށްޓެރިޔާ ދިނީ އެދެމަފިންގެ ދުނިޔެ ފުޑުޑުވެގެން ދިޔަ ހިތާމަވެރި ހަބަރެވެ. އަވަށްޓެރިޔާ ޖޯންމެންގެ ކައިރިން ދިޔައިރު، އެގޭގައި އަލިފާން ރޯވެ އަދަމުންދާ ހަބަރެވެ.

ޖޯންގެ ދަރިފުޅު ދިން އިންޓަވިއުގައި ބުނެފައިވަނީ، ބައްޕައަށް ގޭގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ހިތާމަވެރި ހަބަރު ލިބުނީ ކައިވެނީގެ ހަފްލާގައި އަންހެން ކޮއްކޮ ނެށުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.

ޖޯންގެ ދެމަފިރިންނަށް ގެ އާ ހަމައަށް އާދެވުނު އިރު މާ ލަސްވެއްޖެ އެވެ. ގެ އެއްކޮށް އަދާ ހުލިވި އިރު، ދަރިންތަކެއް ފަދައިން ލޯބިން ގެންގުޅުނު ތިން ކުއްތާ ވެސް އަލިފާނުގެ ހާދިސާގެ ސަބަބުން މަރުވެއްޖެ އެވެ.

ފަޔަރ ފައިޓަރުންނަށް ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާން ނިންވުމަށް ދިޔަނަމަވެސް، އެމީހުންނަށް ދެވުނުއިރު ގެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަދާފަ އެވެ.

މި ހާދިސާގައި ޖޯންގެ ދެމަފިރިންގެ ފައިސާތަކާއި، ފޮޓޯ ތަކުގެ އިތުރުން އުފާވެރި ހަދާންތައްވެސް ގެއްލުނީ އެވެ. "އަހަރެމެންގެ އާއިލާގެ 1800 ވަނަ އަހަރުގެ ފަހު ކޮޅުގެ ހަދާންތަކުގެ އިތުރުން 1900 ވަނަ އަހަރުތަކުގެ ކުރީކޮޅުގެ ހުރިހާ ހަދާންތަކެއް ގެއްލިގެން ދިޔައީ އެވެ." ޖޯންގެ ދަރިފުޅު ބުނެފައިވެ އެވެ.

ޖޯންގެ ދަރިފުޅު ވެސްލީ ދިން އިންޓަރވިއު އެއްގައި ބުނެފައިވަނީ އޭނާގެ މައިންބަފައިންނަކީ، މީހުންކައިރީގައި އެހީ ހޯދުމަށް ބުނާ ކަހަލައިގެ މީހުންނެއް ނޫންކަމަށެވެ. އެހެންކަމުން އޭނަގެ މައިންބަފައިންގެ ދިރިއުޅުން އާބާދު ކުރުމަށްޓަކައި އޭނާ ވަނީ ގޯފަންޑްމީ ގެ ނަމުގައި އެހީވުމަށްޓަކައި ކެމްޕޭންއެއް ފަށާފަ އެވެ.

ނިއުސް 12 އަށް މައުލޫމާތު ދެމުން ވެސްލީ ބުނީ އަލިފާން ރޯވާން މެދުވެރިވި ސަބަބުގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގީ ޖަނަވާރެއް ވަޔަރުތަކުގައި ދަތް އަޅައިފައި ހުރުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބެމުންދާކަން ފާހަގަކޮށްލެވެ އެވެ. އެހެންކަމުން އަލިފާނުގެ ހާދިސާއަކުން ކުރިން ރައްކާތެރިވުމުގެ ގޮތުން ގޭތެރެގައި ކުރެވިދާނެ މުހިއްމު ކަންތައްތަކުގެ ތެރޭގައި :

  • ގޭގޭގައި އަލިފާން ނިއްވާ ފުޅި ގެންގުޅުމާއި، އެ ބޭނުންކުރާނެ ގޮތް ދަސްކޮށްފައި ބެހެއްޓުން.
  • ކަރަންޓު ސާމާނުތައް ބޭނުންކުރުމަށްފަހު ނިއްވާލުން، އަދި ކަރަންޓު ވައިރުތައް ދުވަސްވެފައިވާނަމަ ބަދަލުކުރުން.
  • ގޭސް ލީކުވޭތޯ ބެލުމާއި، ކައްކާ ނިމުމުން ގޭސް ފުޅި ބަންދުކުރުން.
  • އަލިފާނުގެ ހާދިސާއެއްގައި ދުން އަރާނަމަ، ނޭވާލާ ނިޒާމަށް ގެއްލުން ނުވާނެހެން ރައްކާތެރިވުން.
  • ކެމިކަލް ގެންގުޅޭނަމަ ރައްކާތެރި ތަނެއްގައި އަދި އަލިފާނުގެ އަސަރު ނުކުރާނެ ގޮތަކަށް ބެހެއްޓުން.
  • އަލިފާން ރޯވެދާނެ ތަކެތި (ފޮތި، ކަރުދާސް، ކެމިކަލް) އަލިފާނާއި ދުރުގައި ބެހެއްޓުން






ކިޔުންތެރިންގެ ހިޔާލު