ENGLISH

26 ނޮވެމްބަރު 2024

ނަސްރުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިފާޢީ ވަޒީރު، ޣައްސާން ފޮނުއްވައިފި

03 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން / ފޮޓޯ: ރައީސް އޮފީސް

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ފޮނުއްވައިފި އެވެ.

ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޞްރުގެ ދުވަހުގެ ހެޔޮ އެދުން ސިފައިން އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ފަޚުރުވެރި ދިވެހި ސިފައިންނަށް އަދި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި ބަޣާވާތުގައި ދިވެހީންގެ މަދު ބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއިން ދިވެހީންނަށް ނަސްރު ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. 

އެ ދުވަހު ދިން ހަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ. އޭގެ ތެރޭގައި ސިފައިންގެ އަށް ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު