ENGLISH

13 އޭޕްރީލު 2026

Advertisement

ދުނިޔޭގެ ޞިއްޙަތު ދުވަސް: އިސްރަށްވެހިންނަށް ޙާއްސަ މަޢުލޫމާތު ސެޝަނެއް

13 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

އިސްރަށްވެހިންނަށް ޙާއްސަ މަޢުލޫމާތު ސެޝަނެއް ބޭއްވުން --

ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅިގެން އިސްރަށްވެހިންގެ ނާދީ އާއި ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން އަދި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން އިސްރަށްވެހިންނަށް ޙާއްސަ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

މި ސެޝަންގައި މާލެ އަދި ހުޅުމާލެ ނާދީގެ 76 އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ. މި ސެޝަންގައި އާންމު ސާފުތާހިރުކަމާއި، ހޫނުން ރައްކާތެރިވުމާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ގުޅޭ މުހިންމު މަޢުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. 

އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް އޮންނާނެ އެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ޒިޔާރަތްކޮށް މި ޕްރޮގްރާމުތަކުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. އިތުރު މަޢުލޫމާތު ސާފު ކުރުމަށް، އިސްރަށްވެހިންގެ ނާދީއާ ގުޅުމަށް ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު