ENGLISH

20 އޭޕްރީލު 2026

Advertisement

ސްޕޯޓްގޭޓް ޕޯޓަލްއަށް އަހުލުވެރިކުރުވަން ސެޝަންތަކެއް ކުރިއަށްގެންދާނެ: ވަޒީރު ރާފިއު

13 އޭޕްރީލު 2026

|

ފާތުމަތު އަދާ

"ސްޕޯޓްގޭޓް" ޕޯޓަލްއަށް އަހުލުވެރިކުރުވުމަށްޓަކައި ސެޝަންތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް، ކުޅިވަރާއި ސިއްހީ ދުޅަހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މި ޕޯޓަލްއަކީ 31 މާރިޗު ވަނަ ދުވަހު މިނިސްޓްރީ އޮފް ސްޕޯޓްސް އިން ލޯންޗްކޮށްފައިވާ ޕޯޓަލެކެވެ. އެގޮތުން މި އެޕްލިކޭޝަންގެ ހިދުމަތްތައް އަންން ހަފްތާގައި ފެށިގެންދާނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޕޯޓަލްގައި އެސޯސިއޭޝަންތަކާއި ކްލަބް ޖައްމިއްޔަތަކާއި ކޮމިޝަނާ އޮފް ސްޕޯޓްސް ދޭތެރޭގައި ހިނގާ މުއާމަލާތްތައް ސްޓޯ ކުރެވި، ލިޔެކުޔުންތައް ނުގެއްލޭ ގޮތަށް ޑިޖިޓަލައިޒް ކުރެވިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ކުޅިވަރު ވަޒީރު ރާފިއު ވިދާޅުވީ، ޕޯޓަލްއަށް އަހުލުވެރިކުރުވުން މުހިއްމު ކަމަށެވެ. 

"ކޮމިޝަނާ އޮފް ސްޕޯޓްސް މެދުވެރިކޮށް އެސޯސިއޭޝަންތަކާއި ކްލަބް ޖައްމިއްޔާތަކަށް، ސްޕޯޓްގޭޓް އެޕްލިކޭޝަން ބޭނުންކުރާނޭ ގޮތުގެ މައުލޫމާތު ސެޝަންތަކެއް ކުރިއަށް ގެންދަން ވަނީ ހަަމަޖެހިފަ" ވަޒީރު ވިދާޅުވިއެވެ.

މި އެޕްލިކޭޝަނަކީ ކުރީގައި އޮތް އެޕްލިކޭޝަނަށްވުރެ ޔޫޒާ ފްރެންޑްލީ އަދި ސަރުކާރުގެ ތަސައްވަރާ، މޯލްޑިވްސް 2.0 އާ އެއްކޮށް ހަދާފައިވާ ސޮފްޓްވެއާއެއް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ސޮފްޓްވެއާ ހަދަން ޖެހުމުގެ އެއް ސަބަބަކީ ބޭނުންވާ ފަންކްޝަންތައް ކުރީގެ ސޮފްޓްވެއާއިން އަޕްގްރޭޑް ކުރުމުގެ ދަތިތަކާ އަދި އެ ކަންކަން ކުރިއަށްދިޔުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމެވެ. 

މިނިސްޓްރީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ވާހަކައާއި ކުޅިވަރު ހަރާކާތްތަކުގެ މައުލޫމާތު ވަޒީރު ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާފައެވެ. އެގޮތުން، މި މަހުގެ 22 ގައި ޗައިނާގައި ބާއްވާ ބީޗް ގޭމްސް ތައްޔާރުވުމަށް ގައުމީ ބީޗް ހޭންޑް ބޯލް ޓީމް ތަމްރީނުތައް ތައިލެންޑުގައި ކުރަމުން އަންނަ ކަމާއި، ސްކޭޓް ޕާކުގެ މަސައްކަތްތައް ނިންމާ ރަސްމީކޮށް މިހާުރު ހުޅުވާފައިވާ ކަަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މީގެއިތުރުން ކުޅިވަރުން ބައިނަލްއަޤްވާމީ މުބާރާތްތަކުން ހޯދާފައިވާ ކާމިޔާބީތައްވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސައުތް އޭޝިއަން ޔޫތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް އިން 7 މެޑަލް ހޯދިކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު