ENGLISH

13 އޭޕްރީލު 2026

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުކަމުން އަލީ އާރިފު އިސްތިއުފާ ދެއްވައިފި

13 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާދެއްވި އަލީ އާރިފް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުކަމުގައި ހުންނެވި އަލީ އާރިފު އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ. 

އަލީ އާރިފު ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތީ 2009 ވަނަ އަހަރުއެވެ. އެއިރު ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރުގެ ގޮތުގައެވެ. 2014 ވަނަ އަހަރު ކެލާ ދާއިރާގެ މެންބަރުގެ ގޮތުގައި އިންތިހާބުވެވަޑައިގެން ދެ ދައުރު ރައްޔިތުންގެ މަޖިލީހުގައި ހިދުމަތް ކުރެއްވިއެވެ. 

2019 ވަނަ އަހަރުގެ ފަހުން ޖުމްހޫރީ ޕާޓީގައި މަސައްކަތްކުރައްވައި، އެ ޕާޓީގެ ގިނަ އިސްމަގާމުތަކެއް އަދާކުރެއްވުމަށްފަހު އަލީ އާރިފުވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަަށް ތާއީދުކުރައްވާފައެވެ. 

ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވުނު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަލީ އާރިފު މަގާމުން އިސްތިއުފާދެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުވަނީ ކަށަވަރުކޮށްދެއްވާފަައެވެ.

ކިޔުންތެރިންގެ ހިޔާލު