ENGLISH

13 އޭޕްރީލު 2026

Advertisement

އުސޫލުގައިވާ ގޮތުގެ މަތިން ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވާނެ: ހީނާ

13 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާތަކުން ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

‏ކުރިއަށް އޮތް ތަނުގައިވެސް އުޞޫލާ އެއްގޮތްވާގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ. 

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ހުސްވި މާޗުމަހުގެ ފުރަތަމަ ދުވަހު ރައީސް ވިދާޅުވީ ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން ގަވާއިދުން ކުރިޔަށްގެދާނެ ކަމަށެވެ.

"މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަހްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން. ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން،". ރައީސް މުއިއްޒު ވިދާޅުވި އެވެ. 

"އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ހީނާ ވިދާޅުވީ ކުރިއަށް އޮތް ހަފުތާތަކުގައިވެސް މި އުޞޫލާ އެއްގޮތްވާގޮތުގެ މަތީން ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރެވޭނެ ކަމަށެވެ. 

އެންމެ ފަހުން ރައީސް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ ހުސްވި މާޗު މަހުގެ 30 ވަނަ ދުވަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު