ENGLISH

13 އޭޕްރީލު 2026

Advertisement

ޑެންގީ ޖެހިގެން ފަރުވާދެމުން ދަނިކޮށް ޒުވާނަކު ނިޔާވެއްޖެ

13 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. ފޮޓޯ: ވޮއިސް

ޑެންގީ ހުން ޖެހިގެން ފަރުވާދެމުން ދަނިކޮށް ހާލު ސީރިއަސްވެ، ޒުވާނަކު ނިޔާވެއްޖެއެވެ.

މައުލޫމާތުލިބޭ ގޮތުގައި ނިޔާވެފައިވަނީ ށ. މިލަންދޫއަށް އުފަން 23 އަހަރުގެ ފިރިހެނެކެވެ. 

އޭނާއަށް އެންމެ ފުރަތަަމަ ފަރުވާ ދީފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައެވެ. އެހެންނަމަވެސް ހާލު ސީރިއަސްވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ފަރުވާ ދިނުމަށް ބަދަލުކޮށްފައިވަނީ އިއްޔަގެ ވަގުތެއްގައެވެ.

އޭނާ ނިޔާވެފައިވަނީ، އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ޑެންގީ ހުން ޖެހިގެން ޒުވާނަކު ނިޔާވެފައިވާ އިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެކަނިވެސް ޑެންގީ ހުން ޖެހިގެން 535 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މާރިޗް މަހު، ރާއްޖޭގައި އާއްމުކޮށް ރިޕޯޓްކުރެވޭ ގައިން ގަޔަށްއަރާ ބަލިތަކުގެ ތެރެއިން ޑެންގީ ހުން ފިޔަވައި އެހެން ބަލިތައް ރިޕޯޓްކުރެވުނު އަދަދަ މަދުވެފައިވީ ނަމަވެސް، ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ އިތުރުވެފައި ކަމަށްވެސް އެޗްޕީއޭއިން ވަނީ މައުލޫމާތުދީފައެވެ.

ކިޔުންތެރިންގެ ހިޔާލު