ENGLISH
13 އޭޕްރީލު 2026
މާލެ އަތޮޅުގެ ހަތް ރަށުގެ ރައީސްކަަން ޕީއެންސީއަށް، އެމްޑީޕީއަށް ސުމެއް
12 އޭޕްރީލު 2026
|
ކ.ތުލުސްދޫ
އެންމެ މަޤްބޫލު
މާލެ އަތޮޅުގެ ނުވަ ރަށުގެ ތެރެއިން ހަތް ރަށެއްގެ ކައުންސިލު ރައީސްކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިހާބުވީއިރު، ކ.އަތޮޅުގެ އެއްވެސް ރަށެއްގެ ކައުންސިލު ރައީސްކަމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަކު އިންތިހާބުވެފައި ނުވެއެވެ.
ކ.އަތޮޅުގެ ނުވަ ރަށުގެ ތެރެއިން ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުނުވި ދެ ރަށުގައި ކައުންސިލު ރައީސްކަމަށް އިންތިހާބުވެފައިވަނީ އަމިއްލަ ގޮތުން ވާދަކުރި މިނިވަން ކެންޑިޑޭޓުންނެވެ.
ޕީއެންސީގެ ކެންޑިޑޭޓުން ކައުންސިލު ރައީސްކަމަށް އިންތިހާބުކުރި ކ.އަތޮޅުގެ ރަށްތަކަކީ، ކާށިދޫއާއި، ހުރާއާއި، ހިންމަފުއްޓާއި، ތުލުސްދޫއާއި، މާފުށްޓާއި، ގުޅިއާއި ގުރައިދޫއެވެ. މި ރަށްތަކުގެ ތެރެއިން މާފުށްޓާއި ހިންމަފުށި ފަދަ ރަށްރަށަކީ ކުރިން އެމްޑީޕީއަށް އޮތް ތާއީދު ބޮޑު ރަށްތަކެވެ.
ކައުންސިލު އިންތިހާބުގައި ކ.އަތޮޅުގެ ރަށްތަކުގެ ތެރެއިން ކައުންސިލު ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން އިންތިހާބުކުރި ދެ ރަށަކީ ގާފަަރާއި ދިއްފުށިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ހާމަަކުރި ނަތީޖާތަކަށް ބަލާއިރު ރަށްރަށުގެ ރައީސްކަން އެންމެ ގިނައިން ކާމިޔާބުކުރީ ޕީއެންސީންނެވެ.