ENGLISH

27 އޭޕްރީލު 2026

Advertisement

ރަސްދޫ ހޮސްޕިޓަލް އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތަށް ތައްޔާރުވެއްޖެ

26 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ރަސްދޫ ހޮސްޕިޓަލްގެ މަސައްކަތްތަކުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

އއ.ރަސްދޫގައި ތަރައްޤީކުރަމުންދާ ހޮސްޕިޓަލުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކޮންސްޓްރަކްޝަނަށް ވާންޖެހޭ ތައްޔާރީގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ރަސްދޫ ހޮސްޕިޓަލުގެ މަސައްކަތުގެ އަދާހަމަ ހިއްސާކުރުމަށް އެމްޓީސީސީ އިން ކުރި ޕޯސްޓުގައި ވަނީ މިހާރު އެ ސަރަހައްދު ކޮނުމުގެ މަސައްކަތް ބާރު މިނުގައި ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫގެ ދަށުން ކޮނުމުގެ މަސައްްކަތް ކުރިއަށްދާއިރު، އެމްޓީސީސީ އިން ވަނީ އެސަރަހައްދުގައި ހުރި ގަސްތައް އެހެން ސަރަހައްދަށް ބަދަލުކޮށްފައެވެ. 

ރަސްދޫގައި ތަރައްޤީކުރަމުންދާ ހޮސްޕިޓަލުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ މާރިޗު މަހުއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 780 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 185 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު