ENGLISH
13 އޭޕްރީލު 2026
21 ގަޑިއިރު ބަހަނާ ދެއްކުމަށްފަހު މަޝްވަރާތައް ނާކާމިޔާބުކަމަށް ބުނެ އެމެރިކާގެ ވަފުދު ފުރައިފި
12 އޭޕްރީލު 2026
|
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް
އެންމެ މަޤްބޫލު
21 ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކުގައި ބަހަނާތައް ދެއްކުމަށްފަހު އީރާނާއެކު އެމެރިކާއިން ބާއްވަމުން ދިޔަ ވާހަކަތަކުގައި އެއްވެސް އެއްބަސްވުމަކާ ހަމައަށް އާދެވިފައިނުވާ ކަމުގައި ބުނެ، އެމެރިކާގެ ވަފުދު އިސްލާމްއާބާދުން ފުރައިފި އެވެ.
އެމެރިކާއާއި ސިހުޔޫނީން އިސްވެ އޮވެ އީރާނަށް ދޭންފެށި ހަމަލާތައް މެދުކަނޑާލައި މެދު އިރުމައްޗަށް ސުލްހަ ގެނައުމުގެ މަޝްވަރާތައް ޕާކިސްތާނު މެދުވެރިވެގެން ފެށީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް މި މަޝްވަރާތައް ހުއްޓުމަކަށް އައި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ނިއުކްލިޔަރ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދިނުމަށް އީރާނުން ދެކޮޅު ހެދުމެވެ. ނަމަވެސް އީރާނުން ބުނީ އެމެރިކާއިން ދައްކަނީ ހުސްވެސް ސަހުޔޫނީންނަށް ފައިދާވާ ޝަރުތުތައް ކަމަށެވެ.
އިރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް ބަލާއިރު ސިހުޔޫނީންނާއި އެމެރިކާގެ އުޅަނދުފަހަރަށް ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އިރާނުގެ އަތްމަތީގައި އޮތުމާއި، އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުމާއި، ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ސިހުޔޫނީން ހިންގަމުންދާ ގަތުލުއާންމު ހުއްޓުމަކަށް ގެނައުން ހިމެނެ އެވެ.
ސުލްހައިގެ މަޝްވަރާތައް ފެށުނު އިރުވެސް ލުބުނާނަށް ދެމުން އައި ހަމަލާތައް ސަހުޔޫނީން ހުއްޓާފައެއް ނުވެ އެވެ. މިއީ ސުލްހައިގެ މަޝްވަރާތައް ފޭލުކޮށްލުމުގެ ހީލަތްތެރި އަމަލެއް ކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެ އެވެ.
މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރެއްވީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފީއާއި ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ އެވެ. ވޭންސްގެ އިތުރުން އެމެރިކާގެ ވަފުދުގައި ހިމެނެނީ ހުޅަނގު އޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިޓްކޮފާއި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނާ އެވެ.