ENGLISH

13 އޭޕްރީލު 2026

Advertisement

ހއ.ގެ ހަތް ރަށެއްގެ ކައުންސިލު ރައީސްކަން ޕީއެންސީއަށް، އެމްޑީޕީއަށް ތިން ރަށް

12 އޭޕްރީލު 2026

|

އަލީ ޝާމިލް

ހއ.އަތޮޅު ކައުންސިލާއެކު ރައީސް ބޭއްވެވި ބައްދަލުވުން

ފާއިތުވި ލޯކަލް ކައުންސިލު އިންތިހާބުގައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަދި ރަށްތައް ގިނަ އެއް އަތޮޅުކަމުގައިވާ ހއ.އަތޮޅުގެ 13 ރަށުގެ ތެރެއިން ހަތް ރަށެއްގެ ކައުންސިލު ރައީސްކަން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ކާމިޔާބުކޮށްފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ދާއިމީ ނަަތީޖާތަކަށް ބަލާއިރު، ޕީއެންސީންވަނީ އެ އަތޮޅުގެ ހަތް ރަށުގެ ކައުންސިލު ރައީސްކަަން ކާމިޔާބުކޮށްފައެވެ. އެމްޑީޕީއަށް ލިބުނީ ތިން ރަށެއްގެ ކައުންސިލު ރައީސް ކަމެވެ. އަދި އަމިއްލަަ ކެންޑިޑޭޓުންނަަށް ތިން ރަށެއްގެ ކައުންސިލު ރައީސްކަން ލިބުނެވެ. 

ހއ.ގެ ރަށްތަކުގެ ތެރެއިން ޕީއެންސީއަށް ކައުންސިލު ރައީސްކަން ކާމިޔާބުކުރެވުނު ރަށްތަައް: 

ތުރާކުނު 

އުތީމު

މުރައިދޫ 

ބާރަށް 

ވަށަަފަރު 

ދިއްދޫ 

ފިއްލަދޫ 

އެމްޑީޕީއަށް ނިމުނު އިންތިހާބުގައި އެ އަތޮޅުގެ ރަށްތަކުގެ ތެރެއިން ކައުންސިލު ރައީސްކަން ކާމިޔާބުކުރެވުނު ތިން ރަށަކީ، ހޯރަފުއްޓާއި އިހަވަންދޫއާއި ކެލާއެވެ. ތަކަންދޫއާއި އުލިގަމާއި މޮޅަދޫ ކައުންސިލުގެ ރައީސުންގެ ގޮތުގައި އިންތިހާބުވެފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ. 

މި ނަތީޖާއަށް ބަލާއިރު ހއ.ގެ 54 އިންސައްތަ ރަށުގެ ކައުންސިލު ރައީސްކަަން ލިބުނީ ޕީއެންސީއަށެވެ. އެމްޑީޕީއަށް ކާމިޔާބުވީ 23 އިންސައްތަ ރަށުގެ ކައުންސިލު ރައީސް ކަމެވެ. އަދި 23 އިންސައްތަ ރަށުގެ ކައުންސިލު ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން އިންތިހާބުވެފައިވެއެވެ. 

ކައުންސިލުތަކުގެ އިދާރީ ހިންގުމުގެ އެންމެ މަތީ ވެރިންނަކީ، އެ ރަށެއްގެ ކައުންސިލު ރައީސްކަމަށް ރައްޔިތުން އިންތިހާބުކުރާ ވެރިންނެވެ. އަދި ކައުންސިލުގެ ރައީސްގެ މަގާމަކީ ރަށުގެ ހުރިހާ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ މަގާމެއްވެސްމެއެވެ. 

ކިޔުންތެރިންގެ ހިޔާލު