ENGLISH

13 އޭޕްރީލު 2026

Advertisement

އީ-ފާސް މެދުވެރިކޮށް ބޭހަށް އޯޑަރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

12 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް އަބްދުﷲ

ސްޓޭޓްފާމާ ޕޯޓަލްއަކީ އީ-ފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ރައްޔިތަކަށްވެސް ބޭނުންކުރެވޭނެ ޑިޖިޓަލް ނިޒާމެއްކަމަށް ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ޑރ. ޝާހް މިފަދައިން ވިދާޅުވީ އެމްއެމްޓީވީ އިން ގެނެސްދޭ އަދާހަމަ ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގަ  އެވެ. ޝާހު ވިދާޅުވީ މި ޕްލެޓްފޯމް މެދުވެރިކޮށް ބޭސް ސިޓީ އަޕްލޯޑްކުރުމާއި، ބޭހަށް އޯޑަރު ދިނުމުގެ އިތުރުން، އޯޑަރު ޑެލިވަރީގެ ކަންކަން އެއް ތަނަކުން ބަލައިލެވޭނެ ކަަމަށެެވެ. 

ބަލިމީހާއަށް ބޭނުންވާ ބޭސް ފަސޭހަކާމާއެކު ފޯރުކޮށްދިނުމަށް ސްޓޭޓްފާމާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން ވަނީ 24 ގަޑިއިރު ދިގުމަތްދޭ ހޮޓްލައިން ނަންބަރެއް ކަމަށްވާ 1505 ތައާރަފްކޮށްފަ އެވެ. މި ހޮޓްލައިންގެ މައިގަނޑު މަޤްޞަދަކީ، މުހިއްމު ބޭސްތައް ހޯދުމުގައި އާންމުންނަށް ބޭނުންވާ އަވަސްއެހީ ފޯރުކޮށްދިނުންކަމަށް ޑރ. ޝާހު ވިދާޅުވި އެެވެ. ސްޓޭޓްފާމާ އިން ތަޢާރަފްކޮށްފައިވާ މި ދެ ހިދުމަތުންވެސް ރައްޔިތުންނަށް ބޭހާ ގުޅުންހުރި ގިނަ ކަންތައްތަކުގައި ލުއި ފަސޭހަކަން ލިބިގެންދާނެކަން ޝާހު ފާހަގަކުރެއްވި އެވެ.

"މި ދެ ހިދުމަތުގެ ބޭނުމަކީވެސް މުޅި ރާއްޖޭގައި ބޭސް ލިބުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ލުއި ފަސޭހަކާމާއެކު އާންމުންނަށް ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަަމަޖެއްސުން" - ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް އަބްދުﷲ 

ރާއްޖެއަށް ބޭސް ލިބުމުގެ ދަތިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހު ފާހަގަކުރެއްވީ، މި މައްސަލައަކީ ވަގުތީ ހައްލެއް ބޭނުންވާ ކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ބޭސް ލިބުމުގެ ނިޒާމު ހަރުދަނާކޮށް، ދެެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެކަން ކަށަވަރު ކުރުންކަމަށް ޝާހު ވިދާޅުވި އެވެ. ހަމައެއާއެކު އެކުންފުނިން ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށްޓަކައި ޒަމާނީ ނިޒާމެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

ސްޓޭޓްފާމާ އަކީ ރާއްޖޭގެ ބޭހުގެ ނިޒާމު ހަރުދަނާކޮށް، ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގަރާރުން އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު