ENGLISH
13 އޭޕްރީލު 2026
ބިދޭސީން ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި
11 އޭޕްރީލު 2026
|
ބިދޭސީން ބަލައިފާސްކުރުމުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން
އެންމެ މަޤްބޫލު
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހުޅުމާލޭގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަންގެ ތެރެއިން 15 ބިދޭސީން ބަަލައި ފާސްކޮށްފައިވެއެވެ.
އޭގެ ތެރެއިން އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން މައުލޫމާތުދިން ގޮތުގައި، މި ރެއިޑް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ފޭސް 1 ގެ ސައިމާ ހިގުމާއި ހައިވަކަރު މަގުގައެވެ.
އިމިގްރޭޝަނުން ކުރިއަށްގެންދާ މި އޮޕްރޭޝަންތަކަކީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަަކައި އެކުލަވާލާފައިވާ ޓާސްކްފޯސްއިން މާލެ ސަރަހައްދުގައި ސިލްސިލާކޮށް ހިންގަމުންދާ އޮޕަރޭޝަންތަކުގެ ބައެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ މި ދައުރުގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ.