ENGLISH

11 އޭޕްރީލު 2026

Advertisement

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރަން ފަށައިފި

11 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގުނު ވޯޓުގެ ދާއިމީ ނަތީޖާ މިއަދު އިއުލާންކުރަން ފަށައިފިއެވެ.

މި ވޯޓުގެ ވަގުތީ ނަތީޖާތައް އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.

މީގެ އިތުރުން، މިހާތަނަށް ޝަކުވާ ހުށައަޅާފައިވާ ފޮށިތައް އަލުން ގުނުމަށްފަހު އެ ފޮށިތަކުގެ ނަތީޖާވެސް މިހާރުވަނީ އާންމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މީސްމީޑިއާ މެދުވެރިކޮށް މިއަދު މެންދުރު ފަހު 2 އިން ފެށިގެން އަންނަނީ ނަތީޖާ އިއުލާނުކުރަމުންނެވެ. 

އެ ކޮމިޝަނުން ބުނީ އޭޕްރިލް 4 ވަނަ ދުވަހު ބޭއްވުނު އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ މީހުން ވޯޓުލީ އިންތިހާބެވެ. އެގޮތުން، މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހުންނަށް ލިބިގެންދިޔައިރު އޭގެ ތެރެއިން %73 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނިއެވެ.

މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.

ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން ހަމަޖެހިފައިވަނީ، އެއް ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވޯޓު ލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު