ENGLISH
10 އޭޕްރީލު 2026
މިދިޔަ އަހަރު 375 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި
10 އޭޕްރީލު 2026
|
މިދިޔަ އަހަރު 375 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ ހުއްޓާލާފައި
އެންމެ މަޤްބޫލު
މިދިޔަ އަހަރު 375 މީހުން ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ތެރޭގައި:
ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ތަންފީޒުކުރަންފެށި އެންމެ މުހިއްމު ކަމަކީ ޖެނެރޭޝަނަލް ބޭން އެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް އިޞްލާހު ގެނެސް 2025 ނޮވެމްބަރު އެކަކުން ފެށިގެން ރާއްޖޭގައި ވަނީ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފަށާފަ އެވެ.
ޖެނެރޭޝަނަލް ބޭންއާއެކު 2007 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އުފަންވާ އެންމެންނަށް ދުންފަތް މަނާވާނެ އެވެ.
އަދި މި ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި، ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި ވޭޕު ވެސް މަނާކޮށްފަ އެވެ.