ENGLISH
10 އޭޕްރީލު 2026
ކިޔަވަން ދިއުމުގެ ކުރިން އަމިއްލައަށް ލިޔުން ހޯދަން އެދެވޭނެ، ފީއެއް ދައްކާކަށް ނުޖެހޭނެ
10 އޭޕްރީލު 2026
|
ރިކޮގްނިޝަން ލިޔުން ހޯދަން އަމިއްލައަށް ވެސް އެދެވޭނެ ކަމަށާއި އެކަމަށް ފީއެއް. ދައްކަން ނުޖެހޭނެކަމަށް އެމްކިޔޫއޭއިން ވަނީ ބުނެފައި. ފޮޓޯ؛ ސަން
އެންމެ މަޤްބޫލު
ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ހޯދަން ޖެހޭ ރިކޮގްނިޝަން ލިޔުން ހޯދަން އަމިއްލައަށް ވެސް އެދެވޭނެ ކަމަށާއި އެކަމަށް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފި އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ބޭރަށް ކިޔަވަން ދިއުމުގެ ކުރިން، ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ޕްރޮގްރާމެއްކަން ކަށަވަރުކުރަން ދޭ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ގެ ލިޔެކިޔުންތައް ހޯދަން މަސައްކަތް ކޮށްދޭ ފަރާތްތަކުން ވަރަށް ބޮޑު ފީއެއް ނަގަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ފަރާތްތަކާ ގުޅިގެން ޚިދުމަތް ހޯދަމުންދާ ފަރާތްތަކަށް ސްޓޫޑެންޓް ވިސާ ހަމަނުޖެހި އެ ދަރިވަރުންނަށް ކުލާސްތަކުގައި ބައިވެރިނުވުވުމުގެ ޝަކުވާ ވެސް ލިބެމުން އަންނަ ކަމަށެވެ.
އެމްކިޔުއޭގޭ ބަޔާނުގައި ބުނެފައިވަނީ، ބޭރަށް ކިޔަވަންދާ ދަރިވަރު އަމިއްލައަށް ވެސް "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ލިޔުން ހޯދަން އީމެއިލް މެދުވެރިކޮށް އަދި އެ އޮތޯރިޓީއަށް ހާޒިރުވެގެން ވެސް ހުށަހެޅޭނެ ކަމަށެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން ވަނީ، ޓެކްނިކަލް ދާއިރާތަކުން ކިޔަވަން ޝައުޤުވެރިވާ ކުދިންނަށް އެއްވެސް ލިމިޓެއް ނެތި ފުރުސަތު ހުޅުވާލަން ނިންމާފަ އެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ދޫކުރާ ލޯނު ސްކީމްގެ މަދުވެގެން 50 އިންސައްތައަކީ، ޓެކްނިކަލް ދާއިރާތަކަށް ދޭ ލޯނަށް ހެދުމަށް ނިންމާފައި ވެއެވެ.
މީގެ އިތުރަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ހާއްސަ އުސޫލެއްވެސް މިހާރުވަނީ ގެޒެޓުކޮށްފަ އެވެ.