ENGLISH

09 އޭޕްރީލު 2026

Advertisement

އަލިމަގު އޮޕަރޭޝަން: ހައްޔަރުކުރި ހަތަރު މީހަކަށް ދައުވާ ކޮށްދޭން އެދިއްޖެ

09 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ދައުވާ އުފުލަން އެދުނީ މި މީހުންގެ މައްޗަށް --

އަލިމަގު އޮޕަރޭޝަންގައި ހައްޔަރުކުރި ބައެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ޖެނުއަރި 11 ވަނަ ދުވަހު މާލެ އާއި ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދިފައިވަނީ، ޝެވޯނާ / ގއ. ވިލިނގިލި، ޝައްފާޙް ލަޠީފް (28އ)، މިޔުޒިކީއާގެ / ގއ. ވިލިނގިލި، އަޙްމަދު މަދީޙު (33އ)، އައިޒަން / ގއ. ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ. ވިލިނގިލި، ނޫރުއްނިޡާމް (35އ) ގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު