ENGLISH

12 އޭޕްރީލު 2026

Advertisement

ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ޑޮކްޓަރުންނާއި ނަރުހުން އިތުރަށް ބޭނުންވޭ: ވަޒީރު ނާޒިމް

09 އޭޕްރީލު 2026

|

ފާތުމަތު އަދާ

ޞިއްޙީ ދާއިރާއަށް މީހުން ތަމްރީނުވެގެން އައުމަކީ މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ވަރަށް މުހިންމުކަމެއްކަމަށާއި އަދި ރާއްޖޭގެ ޞިއްޙީ ނިޒާމަށް ވަރަށް ގިނަ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާ ކަމަށް ސިއްހީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޞިއްޙަތާ ބެހޭ ވަޒީރު މިފަދައިން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 

ވަޒީރު ވަނީ ދިވެހި ކިޔަވާ ކުދިން ސިއްހީ ދާއިރާއިން ކުރިއަށްދާން ގޮވާލައްވާފައެވެ. އަދި ސިއްހީ ދާއިރާއިން ކުރިއަށް ދިޔުމަކީ ދިވެހި ގައުމަށް ކޮށްދެވޭނެ ވަރަށް މުހިންމު ކަމެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑު ގޮވާލަން ދިވެހި ކިޔަވާ ކުދިންނަށް މިއީ ވަރަށް ފުޅާ ފުރުސަތު އޮތް ދާއިރާއެކޭ، މިދާއިރާއިން ތައުލީމު ހާސިލްކުރައްވައިގެން ޚިދުމަތަށް ނިކުންނެވުމަކީ ގައުމަށް ކޮށްދެވޭނެ ވަރަށް މުހިންމު ހިދުމަތެއް" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް ބަލާއިރު ވަރަށް ގިނަ ބޭރު މީހުން މި ދާއިރާގައި މަސައްކަތްކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ވަޒީރު ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ މެޑިކަލް ސްކޫލުގައި ކިޔަވައިގެން މިހާރު ގާތްގަނޑަކަށް ސަތޭކައެއްހާ ޑޮކްޓަރުން ނުކުމެފައިވާ ކަމަށެވެ. އަދި އެބޭފުޅުންގެ އިންޓަރންޝިޕް ކަންތައްތައް ރާއްޖޭގަ ތިބެގެން ހެދޭނެގޮތާ އެކަން ފުޅާކުރުމަށްޓަކައި އައިޖީއެމްއެޗް އިތުރުން ހުޅުމާލޭ ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައިވެސް ވަނީ ފަށާފައެވެ. އަދި ބަންގްލަދޭޝްގެ އިތުރު ޔުނިވާސިޓީތަކާއެކު މިކަން ފެށި، ދިވެހި ކުދިންނަށް ފުރުސަތު ހޯދައިދެމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތްކަކީ ސިއްހީ ދާއިރާއިން މީހުން ތަމްރީކުރުމަށްޓަކައި ރާއްޖޭން ކުރަމުންދާ ގިނަ މަސައްކަތްތަކެއް ކަމަށެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު އަންނަނީ ފުޅާވެގެން ކަމަށެވެ. އެގޮތުން ރަށްރަށަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން، މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން މި އަހަރުގެ ކުރީކޮޅާ ހަމައަށް 18 ލެބޯޓްރީ ރާއްޖޭގައި ޤާއިމުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު