ENGLISH

08 އޭޕްރީލު 2026

Advertisement

ބަންކަރީންގެ ފައިދާ ނަންބަރު: މިހާތަނަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް

08 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ބަންކަރިން ޚިދުމަތުން އެސްޓީއޯ އިން ދަނީ ފައިދާ ހޯދަމުން --

ބަންކަރިން ޚިދުމަތުން މިހާތަނަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރު ވިދާޅުވީ ބަޔަކު ކިތަންމެ ވަރަކަށް ޙަޤީޤަތް އޮޅުވާލަން މަސައްކަތްކުރި ނަމަވެސް ބަންކަރީން ޚިދުމަތުން ރަނގަޅު އާމްދަނީއެއް ލިބެމުންދާ ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިހާތަނަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

ދެ ހާސް ސައުވީސް ވަނަ އަހަރު ފެށި ބަންކަރިން ހިދުމަތަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފެށި މަސައްކަތެކެވެ.

ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަގްވާމީ ގޮތުން މިހިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ. ސަރުކާރުގެ އަމާޒަކީ މި ހިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް މިހާރަށް ވުރެ ފުޅާކޮށް މިހިދުމަތް ދިނުމެވެ.

ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ބަންކަރީންގެ ޚިދުމަތް ފެށީ ނިމިިދިޔަ ސަރުކާރުތަކުން އެ މަަސައްކަތް ފަށާނެ ކަމަށް ބުނެ ރައްޔިތުންނަށް ކުލަނެތް ހުވަފެންތަކެއް ދައްކަމުންދާތާ އަހަރުތަކެއް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު