ENGLISH
26 ނޮވެމްބަރު 2024
ވަގަށް ނަގާފައިވާ 67 ކާޓަން ސިނގިރޭޓާއެކު މީހަކު ހައްޔަރުކޮށްފި
03 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
ސިނގިރެޓް ކާޓޫނުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ ފަތިހު 5:40 ހާއިރު އޮލިމްޕަސް ސަރަހައްދު ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު މީހަކާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި, އޭނާ ގެންގުޅުނު ދަބަސްތަކަކާއި ކޮތަޅުތަކެއް ބަލައި ފާސްކުރިއިރު އޭގެއިން ސިނގިރޭޓު ކާޓަންތަކެއް ފެނުނު ކަމަށެވެ.
އެ ތަކެއްޗަކީ އޯޝަން ނޮޓިކަލް ޕްރައިވެޓް ލިމިޑެޓުން އޭނާ ވަގަށް ނަގާފައިވާ ތަކެތިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ވަގަށް ނަގާފައިވާ 67 ކާޓަން ސިނގިރޭޓާއެކު ހައްޔަރަށް ގެންގޮސްފައިވަނީ ށ. ފޭދޫ, ހިރުނުމާގެ, މުހައްމަދު ލުޖައިން (24އ) އެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.