ENGLISH

25 މާރިޗު 2026

Advertisement

ދުއްތުރާ ބޮޑުބެރު ގުރޫޕް: ބޮޑު އުންމީދަކާއެކު އާ ދަތުރަކަށް

25 މާރިޗު 2026

|

އަޙުމަދު ޙަމީދު

ދުއްތުރާ ބޮޑުބެރު ގުރޫޕްގެ މެންބަރުން --

ދިވެހިރާއްޖޭގެ ސަގާފީ ހަރަކާތުގައި އެންމެ ފާހަގަކޮށްލެވޭ، ބޮޑުބެރަށް އާދަޔާޚިލާފު ލޯތްބެއް ދޭ ޒުވާނުންތަކެއް އިސްނަގައިގެން އުފެއްދި "ދުއްތުރާ ބޮޑުބެރު ގުރޫޕް" އަކީ މިއަދު މި ދާއިރާގައި ފާހަގަކޮށްލެވޭ މަގުބޫލު ނަމެކެވެ. ހައްދުންމަތީ ކުނަހަންދޫއަށް ނިސްބަތްވާ މި ގުރޫޕްގެ މެންބަރުންގެ ހުނަރުވެރިކަމާއި ގަދަ ހިތްވަރުން މިއަދު އެ ގުރޫޕުން މި ވަނީ އައު ދަތުރެއް ފަށާފަ އެވެ.

ގިނަ އުންމީދުތަކަކާ އެކު އެވެ. ބޮޑެތި ހުވަފެންތަކެއްގައި ކުލަ ޖެއްސުމުގެ އުންމީދުގަ އެވެ.

ދުއްތުރާ ބޮޑުބެރު ގުރޫޕް --

"ދުއްތުރާ ބޮޑުބެރު ގުރޫޕް" އުފެދުމުގެ އަސްލު ޚިޔާލަކީ، ރާއްޖޭގެ ސަގާފީ ކުޅިވަރުތައް، ޚާއްޞަކޮށް ބޮޑުބެރު، އޭގެ އަސްލު ނުގެއްލޭނޭހެން ޒަމާނީ ރޫހެއްގައި އާންމުންނާ ހަމައަށް ގެނެސްދިނުމެވެ. ރަހުމަތްތެރި ކުދިންތަކެއްގެ މެދުގައި ފެށުނު "ސަކަރާތެއް" ހެން ހީވި ކަމެއް، ބޮޑު ޕްރޮޖެކްޓަކަށް ބަދަލުވީ މި ފަންނު ދިރުވައި އާލާކުރުމުގެ މުހިންމުކަން އެ ކުދީންނަށް އިހުސާސްވުމުންނެވެ.

ދުއްތުރާ: ތަފާތު ނަމެެއް

ބޮޑުބެރު ގުރޫޕަށް މި ޒުވާނުން ދިނީ ތަފާތު ނަމެކެވެ. "ދުއްތުރާ" މި ނަން އިޚްތިޔާރު ކުރީ ބަލާ މީހުންނާއި އަޑުއަހާ މީހުންނަށް "ހަލަބޮލި" އަދި ފޯރިގަދަ ތަފާތު އިހުސާސެއް ކޮށްދިނުމުގެ މަގުސަދުގައެވެ.

ދުއްތުރާ ބޮޑުބެރު ގުރޫޕް --

މި ގުރޫޕް ރަސްމީކޮށް އުފެދިގެން އައީ މީގެ އަހަރުތަކެއް ކުރިން، ކުނަހަންދޫގެ ޒުވާނުންތަކެއް ގުޅިގެންނެވެ. އެންމެ ފުރަތަމަ ފެށުނީ ވަރަށް އާދައިގެ ގޮތަކަށް، ހުސްވަގުތުތަކުގައި ބެރު ޖަހައި ފަރިތަކުރުމުގެ ތެރެއިންނެވެ. ނަމަވެސް ގުރޫޕްގެ މެންބަރުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، ބެރުޖެހުމަށް ހުރި ޝައުގުވެރިކަމެއްގެ ސަބަބުން، ވަރަށް އަވަހަށް ރަސްމީ ގުރޫޕެއްގެ ސިފަ ޖެހި، އެކި މުނާސަބަތުތަކުގައި ހުށަހަޅައިދޭން ފެށި އެވެ.

ދުއްތުރާ ބޮޑުބެރު ގުރޫޕް --

ދުއްތުރާ ބޮޑުބެރު ގުރޫޕްގައި ހިމެނެނީ މިއުޒިކަށް ލޯބިކުރާ، ހުނަރުވެރި ޒުވާން ޓީމެކެވެ. މީގެ ތެރޭގައި ތަޖުރިބާކާރު ބެރުވެރިންނާއި، އަޑުގަދަ އަދި ރީތި ލަވަކިޔުންތެރިންގެ އިތުރުން ފޯރިގަދަ ނެށުންތެރިން ހިމެނެ އެވެ. ގުރޫޕްގެ އެންމެ ބޮޑު ބާރަކީ މެންބަރުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި، ކޮންމެ މެންބަރަކީ ވެސް އަމިއްލަ އުފެެއްދުންތެރިކަން ދައްކާލުމަށް ފުރުސަތު އޮންނަ ފަންނުވެރިއަކަށް ވުމެވެ.

ޝޯތަކަށް ތައްޔާރު, ފުުރުސަތު އޮންނާނެ

"ދުއްތުރާ ބޮޑުބެރު ގުރޫޕް"ން އެކި ފެންވަރުގެ ޝޯތައް ދެމުންގެންދެ އެވެ. މީގެ ތެރޭގައި ރިސޯޓުތަކުގައި ދޭ ހަފުތާގެ ޝޯތަކާއި، ކައިވެނި ޕާޓީތަކާއި، އީދު ކުޅިވަރުތަކުގެ އިތުރުން ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިވެންޓުތައް ހިމެނެ އެވެ.

ދުއްތުރާ ބޮޑުބެރު ގުރޫޕް --

ދުއްތުރާގެ ޝޯތައް ފާހަގަކުރެވެނީ ހަމައެކަނި ބެރުގެ އަޑަށްވުރެ ބޮޑަށް، ބަލާލަން ރީތި ނެށުންތަކާއި، ބެލުންތެރިން ބައިވެރިކޮށްގެން ކުރިއަށްގެންދާ ފޯރިގަދަ ހަރަކާތްތަކެއްގެ ގޮތުގައެވެ.

އެހެން ކަމުން މި ގުރޫޕް ގެންދަން ބޭނުންވާ ކޮންމެ ބަޔަކަށް ފުރުސަތު އެބަ އޮތެވެ. ތަފާތު އެކި މުނާސަބަތުތަކާއި އެ ނޫން ހަފްލާތަކަށް ފުުރުސަތު އެބަ އޮތެވެ. ބޮޑުބެރު ގުރޫޕްގެ އިންސްޓަގްރާމަށް މެސެޖުކުރުމުން އެކަން ހަމަޖެހޭނެ އެވެ.

ދުއްތުރާ ބޮޑުބެރު ގުރޫޕް--

މުސްތަޤްބަލަށް ބޮޑު އުންމީދެއް 

ދުއްތުރާ ބޮޑުބެރު ގުރޫޕުގެ އުންމީދުތައް ބޮޑެވެ. ގިނަ އެވެ. އެ ގުރޫޕުގެ އެންމެ ބޮޑު އުންމީދަކީ ދިވެހި ބޮޑުބެރު ބައިނަލްއަޤްވާމީ މައިދާނަށް ފުޅާ ދާއިރާއެއްގައި ތައާރަފްކުރުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭ މިއުޒިކް ފެސްޓިވަލްތަކުގައި ދިވެހި ސަގާފަތް ތަމްސީލުކުރުމަކީ ގުރޫޕްގެ ބޮޑު އަމާޒެކެވެ.

ދުއްތުރާ ބޮޑުބެރު ގުރޫޕް --

މީގެ އިތުރުން، އަމިއްލަ އަލްބަމްތައް ނެރުމާއި، އާ ޖީލުތަކަށް މި ފަންނު ދަސްކޮށްދިނުމަށް އެކަޑަމީއެއް ފަދަ ނިޒާމެއް ގާއިމުކުރުމަކީ ވެސް މި ގުރޫޕުން ދެކޭ ހުވަފެނެކެވެ.

ކިޔުންތެރިންގެ ހިޔާލު