ENGLISH

20 މާރިޗު 2026

Advertisement

ރައީސުލްޖުމްހޫރިއްޔާ، ކެންޑިޑޭޓުންނާއެކު ހުޅުމާލެ ދެކުނަށް ޒިޔާރަތްކުރެއްވުން

12 މާރިޗު 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ހުޅުމާލެ ދެކުނު ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންނެވުން. ފޮޓޯ: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުޅުމާލޭގެ ދެކުނު ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފި. 

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ފަރާތުން، މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލާއި މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން ބައިވެރިވެވަޑައިގެންނެވި. އަދި، ހުޅުމާލެ ދެކުނު ދާއިރާގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގެންނެވި. 

ހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ޕީއެންސީ

މާރިޗު 11 ވަނަ ދުވަހުގެ މެންދުރު ފަހު ކުރިއަށްދިޔަ މި ހަރަކާތް ފަށާފައިވަނީ، ނިރޮޅުމަގު ގޯޅި 12 ގެ ކަންމަތިން. 

އެހެން ދާއިރާތަކޭ އެއްގޮތަށް ހުޅުމާލެ ދެކުނު ދޮރުން ދޮރަށް ހަރަކާތުގައިވެސް، ބައެއް ގޭގެއަށް ވަޑައިގެން އެ ގޭގޭގައި އާއިލާތަކާއެކު ރައީސް ވަގުތު ހޭދަކުރެއްވި. ގެތަކަށް ކުރައްވާ ޒިޔާރަތުގައި އެ ސަަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވައި، ކަންބޮޑުވުންތައް އޮޅުންފިލުއްވައި އެމީހުންނަށް ދަތިވެފައި ހުރި ކަންކަމުގެ ޝަކުވާތައް ރައީސް އަޑުއެއްސެވި. 

ހުޅުމާލެ ދެކުނު ދޮރުން ދޮރަށް ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާ ގޭބިސީއެއްގެ މެންބަރުންނާއެކު ވަގުތުހޭދަކުރައްވަނީ. ފޮޓޯ: ޕީއެންސީ

ދޮރުން ދޮރަށް ހަރަކާތް ނިންމަވާލެއްވުމަށް ފަހު "އެމްއެމް" ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ތާއީދު އޮތީ ހަމައެކަނި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ކަމަށް. އަދި، ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަށް އެމަނިކުފާނު ތާއީދުކުރައްވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރެއްވި. 

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެންނެވި ހުޅުމާލެ ދެކުނު ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން. ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންެގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިންކުރެއްވުމުގެ އެންމެ އިސް ސަފުގައި ރައީސް ގެންދަވަނީ މަސައްކަތްކުރައްވަމުން. އަދި ކުރީގެ އެއްވެސް ރައީސަކު ލޯކަލް ކައުންސިލުތަކުގެ އިންތިހާބަށް ނުދެއްވާ ސަމާލުކަން އެމަނިކުފާނު ގެންދަވަނީ މި އިންތިހާބަށް ދެއްވަަމުން.

ހުޅުމާލެ ދެކުނުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުން. ކެންޑިޑޭޓުންނާއެކު އެ ދާއިރާގައި ގިނަ ވަގުތުތަކެއް ރައީސުލްޖުމްހޫރިއްޔާ ހޭދަކުރެއްވި. ފޮޓޯ: ޕީއެންސީ

ކޮންގްެރެސް ޕާޓީން ބުނެފައިވަނީ ރައީސް މި އިންތިހާބަށް ދެއްވާ ސަމާލުކަމަކީ ލާމަރުކަޒީ ނިޒާމާމެދު އެމަނިކުފާނު ބަހައްޓަވާ އަހައްމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށް. 

ކައުންސިލް އިންތިޚާބު އޮންނާނީ އޭޕްރީލް 4 ވަނަ ދުވަހު. 

ކިޔުންތެރިންގެ ހިޔާލު