ENGLISH
12 މާރިޗު 2026
ރައީސަށް އޮތް ތާއީދާއި ލޯބި ދައްކުވައިދިން ވިލިމާލެ ދޮރުން ދޮރަށް ހަރަކާތް
12 މާރިޗު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލެއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވިލިމާލޭގެ ރައްޔިތުން މަރުޙަބާ ކިޔުން. ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލެއަށް ވަޑައިގަތުމުން އެ އަވަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފި.
ވިލިމާލޭ ދޮރުން ދޮރަށް ހަރަކާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވީ މާރިޗު 10 ވަނަ ދުވަހު.
ވިލިމާލޭގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ޕީއެންސީ
ރައީސް ވިލިމާލެއަށް ވަޑައިގެންނެވިއިރު އެ ރަށުގެ ޖެޓީ ކައިރީގައި ގިނަ އަދަދެއްގެ މީހުން އެމަނިކުފާނުގެ އިސްތިގުބާލަށް ތިބި. އެމީހުންނާ ސަލާން ކުރައްވަައި، ވަކިވަކިން އެމީހުންނާ ބައްދަލުކުރައްވައި، އެމީހުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އެއްސެވުމުގައި ރައީސް ވަގުތު ހޭދަކުރެއްވި.
ވިލިމާލެ ދޮރުން ދޮރަށް ހަރަކާތުގައި، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަނީ. ފޮޓޯ: ޕީއެންސީ
ވިލިމާލެއަށް ރައީސް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އަރިހުގައި ކޮންގްރެސް ޕާޓީން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، އެ ޕާޓީގެ ފަރާތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންވެސް ބައިވެރިވެވަޑައިގެންނެވި.
ވިލިމާލެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ތުއްތު ކުއްޖަކާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. އެމަނިކުފާނު ގެންދަވަނީ ކެންޑިޑޭޓުންނާއެކު ހުރިހާ ދާއިރާއެއްގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގަންނަވަމުން.
ޒިޔާރަތުގައި ރައީސްވަނީ ވިލިމާލޭގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި އާއިލާތަކާއެކު ވަގުތު ހޭދަކުރައްވައި، އެ އަވަށުުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ އުދާސްތައް އަޑުއައްސަވައި ކަންބޮޑުވުންތައް ނޯޓުކުރައްވައި ވަގުތު ހޭދަކުރައްވާފަ.
ވިލާމާލެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެންނެވުން. ވިލިމާލޭން ރައީސުލްޖުމްހޫރިއްޔާއަށް ކިޔާފައިވަނީ ރަތްދޫލައިގެ މަރުޙަބާއެއް. ފޮޓޯ: ޕީއެންސީ
ރައީސްގެ މި ޒިޔާރަތުގައި ގޭގެއަށް ވަޑައިގަތުމުގެ އިތުރަށް އެމަނިކުފާނުވަނީ މަގުމަތިން ބައްދަލުކުރެއްވި އާއްމު ރައްޔިތުންނާއެކު ވަގުތު ހޭދަކުރައްވައި ހިޔާލު ހޯއްދަވައި ހާލު ބެއްލެވުމުގައި ވަގުތު ހޭދަކުރައްވާފަ.