ENGLISH

12 މާރިޗު 2026

Advertisement

ރައީސް، މާފަންނު އުތުރު ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުން

12 މާރިޗު 2026

|

ޢަލީ ޝަހީމް

ާމާފަންނު އުތުރު ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މާލެ ސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން މާފަންނު އުތުރުގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި އެ ސަރަހައްދުގެ ރައްޔިތުންގެ ހާލު ބައްލަވައި ހިޔާލު ހޯއްދެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގިނަ ވަގުތުތަކެއް ހޭދަކުރައްވައިފި.

މާރިޗު 9 ވަނަ ދުވަހު އޮތް މި ހަރަކާތް ފަށާފައިވަނީ، އާބުރުޒު ހިނގުމުން. 

މާފަންނު އުތުރު ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއެކު ވަގުތުހޭދަކުރައްވަނީ. ފޮޓޯ: ޕީއެންސީ

މެންދުރު ނަމާދަށްފަހު އެ ސަރަހައްދަށް ރައީސް ވަޑައިގެންނެވިއިރު، ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނުގެ އިސްތިގުބާލުގައި އެއްވެފައި ތިބި. ރައީސަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުންނާއި އަންހެނުން ތިބިއިރު އެމަނިކުފާނު ވަނީ އިސްތިގުބާލުކުރުމަށް އެއްވެ ތިބި އެންމެންނާ ސަލާންކުރައްވައި ހާލު ބައްލަވާފަ.

މާފަންނު އުތުރު ދޮރުން ދޮރަށް ހަރަކާތަށް ރައީސުލްޖުމްހޫރިއްޔާ، އެ ސަރަޙައްދަށް ވަޑައިގެންނެވުމުން، މާލޭ ސިޓީގެ މޭޔަރު ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ރައީސަށް މަރުޙަބާ ދަންނަވަނީ. ފޮޓޯ: ޕީއެންސީ

އެހެން ދާއިރާތަކޭ އެއްގޮތަށް މާފަންނު އުތުރުގެ ބައެއް ގޭގެއަށް ވަޑައިގެން އެ ގޭގޭގައި އާއިލާތަކާއެކު ރައީސް ވަގުތު ހޭދަކުރެއްވި. ގެތަކަށް ކުރައްވާ ޒިޔާރަތުގައި އެ ސަަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވައި، ކަންބޮޑުވުންތައް އޮޅުންފިލުއްވައި އެމީހުންނަށް ދަތިވެފައި ހުރި ކަންކަމުގެ ޝަކުވާތައް ރައީސް އަޑުއެއްސެވި. 

މާފަންނު އުތުރު ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ދޮށީ އުމުރުގެ މީހަކާ ސަލާންކުރައްވަނީ. ދޮރުން ދޮރަށް ހަރަކާތަށް އެމަނިކުފާނު ވަޑައިގަންނަވަނީ ކެންޑިޑޭޓުންނާއެކު. ފޮޓޯ: ޕީއެންސީ

އޭޕްރީލް 04 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލުތަކާއި އަންހެނުންެގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެއްވުމުގެ އެންމެ އިސް ސަފުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މަސައްކަތްކުރައްވަމުން. 

ކިޔުންތެރިންގެ ހިޔާލު