ENGLISH

14 މާރިޗު 2026

Advertisement

މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކުރުމުގައި ޖަޕާނު ކުންފުނިތަކުގެ އެހީ ހޯދަނީ

11 މާރިޗު 2026

|

އައިމިނަތު ޝަފާ

މިފްކޯއިން ޖަޕާނުގެ ޓޯކިޔޯއަށް ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރުން. ފޮޓޯ؛ މިފްކޯ

މެރިކަލްޗަރގެ ސިނާއަތް ތަރައްގީކުރުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ފަށާފައިވާ މަސައްކަތުގައި، ޖަޕާނު ކުންފުނިތަކުގެ ބައިވެރިވުން ހޯދުމުގައި، ޖަޕާނު އެމްބަސީގެ ބައިވެރިވުމާއި އެއްބާރުލުން ހޯދުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާ ބައްދަލުވުން އޮތީ މިފްކޯގެ ޓީމެއް ޖަޕާނުގެ ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީގަ އެވެ. 

އެކުންފުނިން ބުނީ މިފްކޯގެ އުފެއްދުންތަކަށް ވެލިޔު އެޑް ކުރުމުގަޔާއި، މެރިކަލްޗަރގެ ސިނާއަތެއް ގާއިމުކުރުމުގައި މިފްކޯއިން ފަށާފައިވާ މަސައްކަތުގައި، ޖަޕާނު ކުންފުނިތަކުގެ ބައިވެރިވުން ހޯދުމުގައި، ޖަޕާނު އެމްބަސީގެ ބައިވެރިވުމާއި އެއްބާރުލުން ހޯދުމަށް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާކަމަށެވެ. 

މި މަޝްވަރާގައި، ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާގެ ބައިވެރިވެވަޑައިގެންނެވި ކަމަށާއި މިފްކޯގެ މި މައްސައްކަތުގައި އެމްބަސީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށް މިފްކޯއިން މައުލޫމާތު ދެއެެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗަރ ސިނާޢަތަކީ ދިވެހިންނަށް ނަފާލިބޭ ސިނާޢަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން ނެވެ. އެގޮތުން މެރިކަލްޗަރ ދާއިރާއިން ތަމްރީނު ލިބިފައިވާ ފަންނީ މީހުން އުފެއްދުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކޮންމެހެން މުހިންމުކަމެއްކަމުގައި ދެކި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އަންނަނީ މެރިކަލްޗަރ ދާއިރާގެ ތަމްރީނު ކޯސްތަކެއް ވެސް ހިންގަމުން ނެވެ. 

މި ކޯހުގެ ސަބަބުން ރާއްޖޭގެ މެރިކަލްޗަރ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް ބޮޑު އެހީތެރިކަމެއް އަންނަނީ ލިބެމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު