ENGLISH

25 ފެބްރުއަރީ 2026

Advertisement

ފުށުއެރުންތަކެއް ނެތި ސަރުކާރާއެކު މަސައްކަތްކުރާ ކައުންސިލުތަކެއް އޮތުމުން ވައުދު ފުއްދުން ހަލުއިވާނެ: އާދަމް ނަސީރު

25 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ވަޒީރު އާދަމް ނަސީރު އިބްރާހީމް

ސަރުކާރާ ފުށުއެރުންތަކެއް ނެތި މަސައްކަަތްކުރާ ކައުންސިލުތަކެއް އޮތުމުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން އިތުރަށް ހަލުއިވެގެންދާނެ ކަމުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މާފަންނު މެދު ދާއިރާގައި ކޮންގްެރެސް ޕާޓީން މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން، އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމުގައި ނަސީރު ވިދާޅުވީ މިހާރު އޮތް މި ނިޒާމުގައި ރައްޔިތުން ވެރިޔަކު ހޮއްވަވަނީ އެ ބޭފުޅެއްގެ މެނިފެސްޓޯ ބައްލަވައި އޭގައި ހިމެނޭ ކަންކަން ހަގީގަތަކަށް ހެދުމަށް ކަމަށެވެ. 

އަދި ވެރިޔަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ މެނިފެސްޓޯ ތަންފީޒުކުރުމުގައި ހުރިހާ އިދާރާތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ނުހުނު ބޭނުންވާނެކަން ފާހަގަކުރައްވަމުން ނަސީރު ވިދާޅުވީ ތަފާތު އެހެން ވިސްނުމެއްގެ ބަޔަކު ކައުންސިލުތަކުގައި ތިބެއްޖެނަމަ އެބައެއްގެ ތަފާތު އެހެން ވިސްނުންތަކެއް އަދި ތަފާތު މެނިފެސްޓޯއެއް އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެ ހާލަތުގައި ސަރުކާރާ ކައުންސިލުގެ މެދުގައި ފުށުއެރުމެއް އުފެދިދާނެ ކަމަށެވެ. 

"ފުށުއެރުން ކުޑަވި ނިސްބަތަކުން ހަގީގަތުގައި އޭގެ ދުވައްޔަށް ހަލުއިކަން ފަހިކަން ލިބޭނެ. ހިދުމަތްތައް އަވަސްވެގެންދާނެ. ކަންކަމުގައި އޮންނަ ގުޅުންތެރިކަން އިތުރުވެގެންދާނެ،" ނަސީރު ވިދާޅުވިއެވެ. 

ނަސީރު އިތުރަށް ވިދާޅުވީ ކަންކަން ކުރުމުގައި ސަރުކާރާ ގުޅިގެން މަސައްކަތްކުރެވޭ ކައުންސިލެއް އޮތުން މުހިއްމުވާއިރު، އެފަދަ ކައުންސިލަކަށް ވެވޭނީ ސަރުކާރުގެ ބަހަށް ރުހޭ ކައުންސިލަކަށް ކަމަށެވެ. އަދި އެއީ ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިހާބުކުރަންވީ ސަބަބު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

މާލެ ސިޓީގެ މޭޔަރުކަމަށް ކޮންގްރެސް ޕާޓީން ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ އިހުލާސްތެރިކަމާމެދު ސުވާލެއް ނެތް ބޭފުޅެއްކަމަަށާއި، ރައްޔިތުންގެ ހައްގުގައި އަމިއްލަ ފުރާނަފުޅު އުންޑައިގެ ކުރިމައްޗަށް ނެރުއްވި ބޭފުޅެއްކަމަށާއި، އަދާކުރެއްވި ހުރިހާ މަސްއޫލިއްޔަތެއް އަދި ޒިންމާއެއް އަދާކުރެއްވުމުގައި އޭނާގެ ގާބިލުކަން ސާބިތުކޮށްދެއްވައި، އެކުގައި މަސައްކަަތްކުރެއްވި ހުރިހާ ބޭފުޅުންގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެއްކަމަށް ނަސީރު ވިދާޅުވިއެވެ. 

ނަސީރު ވިދާޅުވި ގޮތުގައި ޖަލީލު ފަދަ އިހުލާސްތެރި ގާބިލު ބޭފުޅަކު މިހާރުގެ ރައީސުލްޖުމްހޫރިއެްޔާ ޑރ.މުޙައްމަދު މުޢިއްޒު ފަދަަ ހުށިޔާރު ބޭފުޅަކާއެކު މަސައްކަަތްކުރައްވަން ރައްޔިތުން އިންތިހާބުކުރައްވައިފިނަމަ މާލޭ ރައްޔިތުންގެ އުންމީދުތައް ހަގީގަަތަކަށް ވެގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު