ENGLISH

25 ފެބްރުއަރީ 2026

Advertisement

ކުރީގެ ކޮމިޝަނަރު ނަވީންގެ ޚިދުމަތުގެ އަގު ވަޒަންކޮށްފި

25 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ކުރީގެ ކޮމިޝަނަރު ނަވީންގެ ޚިދުމަތުގެ އަގު ވަޒަންކުރުން -- ފޮޓޯ: ޕޮލިސް

ކުރީގެ ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީންގެ ޚިދުމަތުގެ އަގު ވަޒަންކޮށްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވުމަށް ފަހު ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން އޭނާ ވަކިވެވަޑައިގެންފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ނަވީންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސަ ޖަލްސާއެއް ބާއްވާފަ އެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން އެވެ.

މި ޖަލްސާގައި، ކޮމިޝަނާ އޮފް ޕޮލިސްއަށް ޝަރަފުގެ ހަނދާނީ ފިލާ އަދި ރިޓަޔާމަންޓް ކާޑު އަރުވާފައިވެ އެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނާ އަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނާ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.

ރިޓަޔާމަންޓް ކާޑަކީ ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮންމެ ފުލުހަކަށް ވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ކާޑެކެވެ. މި ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވި ބޭފުޅެއްކަން އަންގައި ދިނުމަށާއި، ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ބޭނުންފުޅު ކުރެއްވޭނެ އައިޑެންޓިފިކޭޝަން ކާޑެކެވެ. 

32 އަހަރުގެ ޚިދުމަތަށް ފަހު ނަވީން ފުލުހުންގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު ޕޮލިސް ކޮމިޝަނަރގެ މަގާމަށް އިސްމާޢީލް ނަވީން އައްޔަނު ކުރެއްވީ ޖޫން 10, 2025 ގަ އެވެ. އޭނާ އެ މަޤާމަށް އައްޔަނު ކުރެއްވީ އެ މަޤާމުގައި ކުރިން ހުންނެވި ޢަލީ ޝުޖާޢު އެޕްެރީލް 25, 2025 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމުންނެވެ. ޝުޖާޢު އިސްތިޢުފާ ދެއްވުމުން ޕޮލިސް ސާވިސް ވަގުތީ ގޮތުން ހިންގެވީ ވެސް ނަވީން އެވެ.

ކިޔުންތެރިންގެ ހިޔާލު