ENGLISH

25 ފެބްރުއަރީ 2026

Advertisement

މާލެ އޮތީ ބޮއްސުންލާފައި، ޑިސިޕްލިންއާއެކު މާލެ ހަމަމަގަށް އަޅުއްވާނީ ޖަލީލު: މެންބަރު އިބްރާހީމް

25 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

މެންބަރު އިބްރާހީމް މުހައްމަދާއި ރައީސް ޑރ.މުޢިއްޒު، ފޮޓޯ: ދިޔަރެސް

މާލޭ ސިޓީގެ ކަންކަން މިހާރު ހުރީ ވަރަށް ބޮޑަށް ބޮއްސުންލާފައި ކަމަަށާއި، އެކަންކަން ހަމަމަގަށް އެޅުވުމަށް ބޭނުންވަނީ ހަރުދަނާ އަހުލާގުހުރި، ޒިންމާދާރުކަމާއެކު މަސައްކަަތްކުރައްވާނެ ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ. 

މާފަންނު މެދު ދާއިރާގައި ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މެންބަރު ވިދާޅުވީ މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ކައުންސިލަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިހާރުގެ މޭޔަރާއެކު ކައުންސިލުގައި އިދާރީ ރަނގަޅު އަހުލާގެއް ނުވަތަ ޑިސިޕްލިންއެއް ނެތުން ކަމަށެެވެ. 

މެންބަރު އިތުރަށް ވިދާޅުވީ ކޮންގްރެެސް ޕާޓީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަކީ ޑިސިޕްލިން ހުރި ބޭފުޅެއްކަމަށާއި، އަދި ޖަލީލަކީ ހިދުމަތުގެ ތާރީހެއް އޮތް އެއްވެސް ނުރަނގަޅު ތުހުމަތެއް އަމާޒުވެފައި ނެތް ސާފު ބޭފުޅެއް ކަަމަށެވެ. އަދި ޖަލީލުގެ މޭޔަރުކަމެއްގެ މާލޭ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ހިދުމަތް ލިބިގެންދާނެކަމާމެދު ޝައްކެއް ނެތް ކަމުގައި މެންބަރު ވިދާޅުވިއެވެ. 

މެންބަރު ވިދާޅުވި ގޮތުގައި މޫސާ އަލީ ޖަލީލުގެ މޭޔަރުކަމެއްގައި މާލެ ސިޓީ ކައުންސިލުން ހިދުމަތް ފޯރުކޮށްދޭނީ އިންތިޒާމުތަކެއް ހަމަޖައްސައިގެން ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން މިކަންކަންް ޑެލިވާކުރުމަށް އަޅުގަނޑުމެން ހޮވާ މީހުންނަކީ އަދަބު އަހުލާގު ހުރި، މަކާރަމުލް އަހުލާގު ހުރި ހެޔޮ ހަރުދަނާ އެމީހުންގެ ތާރީހުގައި ރައްޔިތުންނަށް ކަމެއް ކޮށްދީފައިވާ މީހުންނަށް ވާންޖެހޭނެ،" ރައީސް ވިދާޅުވިއެވެ. 

ޖަލީލު ފަދަ ބޭފުޅުންގެ ތަޖުރިބާއާއި ތޫނުފިލިކަން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބޭނުންހިފަންޖެހޭކަން ފާހަގަކުރައްވަމުން މެންބަރު ވިދާޅުވީ ގައުމުގެ ކަންކަން ހިންގަން ހަވާލުކުރަންވީ ދުރުވިސްނޭ މޮޅު ލީޑާޝިޕް ހުނަރު ހުރި ގާބިލު މީހުންނަށް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު