ENGLISH
25 ފެބްރުއަރީ 2026
އެޗްއާރުސީއެމް އިން، ވެމްކޯގެ މުވައްޒަފުންގެ ރައްކާތެރިކަމާއި ގުޅޭ ތަހުގީގެއް ހިންގަނީ
25 ފެބްރުއަރީ 2026
|
ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަވަސް ތަހުގީގެއް ހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމައިފި އެވެ.
އެޗްއާރްސީއެމް ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަހުގީގެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އެޗްއާރްސީއެމް އިން މި ނިންމުން ނިންމީ، ރޭ ބޭއްވުނު އެ ކޮމިޝަންގެ ބައްދަލުވުމަށް ފަހުގައި ކަމަށްވެސް ބުނެފައިވެއެވެ.
އެޗްއާރުސީއެމް އިން މިދަފަ ތަހުގީގެއް ހިންގުމަށް ނިންމާފައި މިވަނީ، މާލޭގެ ވެމްކޯ ސައިޓު ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއަކާއި ގުޅިގެން ، އެ ކޯޕަރޭޝަންގެ މުވައްޒަފަކަށް އަނިޔާވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ މައްސަލައެއް ފެންމަތި ވެފައި ވަނިކޮށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާލޭގައި ހުންނަ ވެމްކޯ ސައިޓް ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނި ގޮތުގައި، އެ ހިދުމަތުންވެސް އަންނަނީ މި ހާދިސާގެ ތަހުގީގެއް ހިންގަމުންނެވެ.