ENGLISH

19 ފެބްރުއަރީ 2026

Advertisement

ރަމަޟާން މަހު މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށްގެންގޮސްފި

19 ފެބްރުއަރީ 2026

|

ހަނާން އަހުމަދު ނައީމް

ހުޅުމާލޭގައި ކުރިއަށްގެންދިޔް މަގުމަތީގެ ރައްކާތެރިކަމަށް ހޭޅުންތެރިކުރުމުގެ ޕްރޮގރާމްގެ ތެރެއިން. ފޮޓޯ: ޕޮލިސް މީޑީއާ

ރަމަޟާން މަހު، މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހުޅުމާލޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔައީ މި ފެބްރުއަރީ މަހު 16 ވަނަ ދުވަހު ހުޅުމާލޭ އެކި ސަރަހައްދުގައެވެ.

މިއީ ކޮންމެ އަހަރަކުވެސް ރަމަޟާން މަހަކީ މަގުމަތީގެ ދަތުރުތައް ގިނަވެ އެކްސިޑެންޓުތައް ވެސް ގިނަވާ ދުވަސްވަރެއް ކަމަށް ވާތީ ދުރާލާ އެކަމަށް ހޭލުންތެރިކޮށް ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި ހުޅުމާލޭގައި މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގައި ސައުންޑް ސިސްޓަމް ބޭނުންކޮށްގެން ކަމާބެހޭ މެސެޖުތައް އިއްވުމުގެ އިތުރުން އާންމުންނާ ބައްދަލުކޮށްގެން ވާހަކަދައްކައި ހޭލުންތެރިކުރުވާފައިވެއެވެ. އެގޮތުން، އެއްގަމު އުޅަނދު ދުއްވަން ކަނޑައަޅާފައިވާ ދުވެލީގައި ދުއްވަން އާދަކުރުމަށާއި ހިނގާބިގާވެ އުޅޭ މީހުން ވެސް ދުއްވާ އެއްޗިއްސަށް ސަމާލުވުމަށާއި ކަފިހިހުރަސް ބޭނުންކުރަންވާ ގޮތުގެ އިރުޝާދުތަކާއި ބުރު ވަށައިގެން ދުއްވާއިރު ވިސްނަންޖެހޭ ކަންކަން ފަދަ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގިނާ މެސެޖުތަކެއް ހަރަކާތުގައި ދީފައިވެއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ހަރަކާތް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު