ENGLISH

19 ފެބްރުއަރީ 2026

Advertisement

ހިޔާ އާއި ވެށިފަހި ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅުމުގައި ލުއިތަކެއް ދީފި

19 ފެބްރުއަރީ 2026

|

ސުވެއިދާ ހުސެއިން

ހުޅުމާލޭގެ ހިޔާ ފްލެޓްތައް. ފްލެޓަށް އެދި ހުށަހެޅުމުގައި އެ ދެ ކެޓަގަރީގެ މީހުންނަށް ވަނީ ލުއިތަކެއް ދީފައި. ފޮޓޯ: އިޔާން

ބޯހިޔާވަހިކަމަށް އެދި ހުށަހަޅާއިރު، ހިޔާ އާއި ވެށިފަހި މަޝްރޫޢުގެ ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް ފްލެޓަށް ހުށަހެޅުމުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ލުއިތަކެއް ހަމަޖައްސައިދީފިއެވެ. 

އެ ދެ ކެޓަރީގެ މީހުން ފްލެޓް އެދި ހުށަހެޅުމުގައި ހަމަޖައްސާފައިވާ ލުއިގޮތްތައް ހާމަކުރީ އެ ވުޒާރާއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ. 

މި ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލާފައިވާ ކެޓަގަރީތަކުގެ ތެރޭގައި، ހިޔާ އާއި ވެށިފަހި މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައިނުވާ މީހުންނަށް 500 ފްލެޓް ދިނުމަށް ވަނީ ހިމަނައިފައެވެ. 

އެ 500 ފްލެޓަށް އެދި ހުށަހެޅުމުގައި ކުރިން އޮތީ، ފްލެޓް ލިބުނު ކަމުގެ ލިޔުން ހުށަހަޅާ ގޮތަށެވެ. އެހެންނަމަވެސް، މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ހިޔާ އާއި ވެށިފަހި ކެޓަގަރީން ފްލެޓް ލިބި، ލިޔުން ނުލިބޭ ފަރާތްތަކަށް، ފްލެޓް ލިބޭނެކަން ސާބިތުކޮށްދޭން އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށެވެ.

އެހެން ލިޔުމެއްގެ ގޮތުގައި މާނަކޮށްފައިވަނީ، ކަމާގުޅޭ އިދާރާއަކުން ޢާންމުކޮށްފައިވާ ލިސްޓަކުން ނުވަތަ ދޫކޮށްފައިވާ އެހެން ލިޔުމަކުން އެފަރާތަކަށް ފުލެޓު ލިބޭނެކަން ކަށަވަރުވާނަމަ، އެފަދަ މަޢުލޫމާތެއް ނުވަތަ ލިޔުމެކެވެ. 

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭގަނޑު 11:59 އެވެ. 

ކިޔުންތެރިންގެ ހިޔާލު