ENGLISH
19 ފެބްރުއަރީ 2026
މި ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
19 ފެބްރުއަރީ 2026
|
މިރޭ ބާއްވާ އިޙްޔާ ފޯރަމުގައި ތަގުރީރު ކުރައްވާނީ ވަޒީރު ޝަހީމް. ފޮޓޯ؛ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ 21:30 ފެށޭ ފޯރަމްގެ މަޢުޟޫއަކީ "ރަމަޟާން މަހުގެ މަތިވެރިކަން" މިއެވެ. މިރޭގެ ފޯރަމްގައި ތަގުރީރުކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދެވެ.
މާލެ ސަރަޙައްދުގައި އިޙްޔާ ފޯރަމްތައް ބާއްވަނީ ކޮންމެ ބުރާސްފަތި އަދި ހޯމަ ދުވަހެއްގެ ރެ އެވެ. މި އަހަރުވެސް މާލެ ސަރަޙައްދުގައި ޖުމްލަ އަށް ޕްރަގްރާމް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ރޯދަ މަސް ނިމެންދެން ކޮންމެ ހަފްތާއަކު ދެ ރޭ އިހްޔާ ފޯރަމްތައް އޮންނާނެ އެވެ. އެ ފޯރަމްތަކުގައި މި ފަހަރު ތަޤްރީރު ކުރައްވަނީ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އާއި ޑރ. މޫސާ އަންވަރު ހަސަން އާއި ޑރ. ސައުދުالله އަލީ އާއި އަައްޝައިހް މުހައްމަދު ލަތީފް އާއި ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން އާއި ޑރ. އަނާރާ ނައީމް އަދި އައްޝައިހް އަހްމަދު ސަމީރު އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި އަހަރު އަތޮޅު އިޙްޔާ 10 ރަށެއްގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އެގޮތުން އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫގައެވެ.
މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މިއަހަރުގެ އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.