ENGLISH

19 ފެބްރުއަރީ 2026

Advertisement

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 19 މިސްކިތެއް އަލަށް ހުޅުވަނީ

19 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

މަސްޖިދުލް ޔޫސުފުލް ބަރްބަރީ، ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ފެށިގެން ދިޔަ ރޯދަ މަހާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމުލަ 19 މިސްކިތެއް މުޅީން އަލަށް ހުޅުވިގެންދާނެކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފި އެވެ. 

ވަޒީރު ކުރެއްވި އެކްސް ޕޯސްޓެއްގައި 15 މިސްކިތް ހުޅުވި، ރޯދަ މަސް ތެރޭ ވެސް ބައެއް ތަންތަން ހުޅުވޭނެކަން ފާހަގަކުރައްވައި އެއީ ޖުމުލަ 19 މިސްކިތް ކަމަށް ވިދާޅުވެފައި ވެއެެވެ. ވަޒީރު ވިދާޅުވީ އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުން ބިނާކުރި މިސްކިތްތައް ހިމެނޭ ކަމަށެވެ.

މީގެ އިތުރަށް އަތޮޅުތެރޭގެ 10 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވޭނެކަން ވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އެއާއެކު މި އަހަރު ވެގެންދާނީ އަތޮޅުތެރޭގައި އެންމެ ގިނަ ފޯރަމް ބޭއްވޭ އަހަރަށެވެ. 

އިސްލާމީ ދާއިރާއިން 90 އަށްވުރެ ގިނަ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށް ދާއިރު އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަސްޖިދުލް ޔޫސުފުލް ބަރްބަރީ ހުޅުއްވައިދެއްވާފަ އެވެ. 

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ މާލޭގައި ހުރި ބައު މިސްކިތްތަކުގެ ބަދަލުގައި އައު މިސްކިތްތައް ބިނާކޮށް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ވިލިމާލެ މަސްޖިދުއްސަލާމް އަދި ޒިކުރާ މިސްކިތުގެ އަމަލީ މަސައްކަތްވެސް ރަމަޟާން މަހުގެ ފަހުން ފެށުމަށް ނިންމާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު