ENGLISH

19 ފެބްރުއަރީ 2026

Advertisement

ތުލުސްދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ފަށައިފި

19 ފެބްރުއަރީ 2026

|

އައިޝަތު ޝާލީން

ކ. ތުލުސްދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް -- ފޮޓޯ: އެމްޓީސީސީ

ސަރުކާރުން ކ. ތުލުސްދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 

މި މަސައްކަތުގެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެކުންފުނިން ބުނީ ހޮސްޕިޓަލުގެ ތަނބުތައް ޖެހުމާއި، ޓައި ބީމް ކޮންކްރީޓު މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އެއަށްފަހު ކޮންކްރީޓު ބިންގާ އެޅުމުގެ މަސައްކަތް ކުރާނެއެވެ.

ތުލުސްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޮކްޓޯބަރު 17 ވަނަ ދުވަހުއެވެ. 

މި މަޝްރޫއުގެ ދަށުން ހޮސްޕިޓަލް އިމާރާތް ކުރުމުގެ އިތުރަށް، 1،729 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގައި ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރި އާއި، ޕްރައިވެޓް ރޫމްތަކާއި، މެޑިކަލް ވޯޑްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އޮޕަރޭޝަން ތިއޭޓަރަކާއި، ލެބޯރެޓަރީއަކާއި، އެކްސްރޭ ކޮޓަރިއަކާއި، ވިއްސާ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި، އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން ހެލްތު ޔުނިޓެއްވެސް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 101.71 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު