ENGLISH
19 ފެބްރުއަރީ 2026
ގެމްބިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ، ޚާރިޖީ ވަޒީރު ފޮނުއްވައިފި
18 ފެބްރުއަރީ 2026
|
ފޮޓޯ: ޚާރިޖީ ވުޒާރާ
އެންމެ މަޤްބޫލު
ގެމްބިއާގެ މިނިވަން ދުވަހުގެ މުނާސަބަތުުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ސެރިންގް މޮޑޫ އެންޖީ އަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލު ތަހުނިޔާގެ މެސެޖު ފޮނުއްވައިފިއެވެ.
އޭނާ ފޮނުއްވެވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުން އަރިސްކުރައްވާފައިވެއެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން ދީގެން، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީން ކުރައްވާ ކަމަށް އެ މެސެޖުގައި ވިދާޅުވިއެވެ
އަދި ގަމްބިއާގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ގަދަރު އާކޮށް އެކަން ޔަގީންކޮށް އެރުވުމަށް އެ ފުރުސަތު ބޭނުންކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.