ENGLISH
20 ފެބްރުއަރީ 2026
ގުރައިދޫގައި ތަރައްޤީކުރި ވޮލީބޯޅަ ކޯޓު ހުޅުވައިފި
17 ފެބްރުއަރީ 2026
|
ގުރައިދޫގައި ހުޅުވި ވޮލީ ކޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ކ. ގުރައިދޫ ކައުންސިލާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ގުޅިގެން ގުރައިދޫގައި ތަރައްޤީ ކުރި ވޮލީބޯޅަ ކޯޓު ހުޅުވައިފި އެވެ.
މި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި ރަސްމިއްޔާތުގައި މާފުށި ދާއިރާގެ މެންބަރު އަލްއުސްތާޛު ހުސައިން ރިޒާ އާއި ގުރައިދޫ ކައުންސިލްގެ އިސްވެރިންގެ އިތުރުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.
ވޮލީ ކޯޓް ހުޅުވުމަށްފަހު ކުޅެވުނު އެކުވެރިކަމުގެ މެޗު-- ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ
ގުރައިދޫގެ ރައްޔިތުންނަކީ ގިނަ ކުޅިވަރުތަކެއް ކުޅުމަށް ޝައުގުވެރިވާ ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެކެވެ. އެގޮތުން އެރަށުގައި ތަރައްޤީވެގެން ދިޔަ ވޮލީ ކޯޓްއާއެކު، އެރަށުގެ ވޮލީ ކުޅުމަށް ލޯބި ކުރާ ފަރާތްތަކަށް އުފާވެރިކަން ލިބިގެން ވަނީ ގޮސްފަ އެވެ. އަދި އެރަށުގެ ޒުވާން ޖީލްއަށް ވޮލީގައި ކުރިއަށް ދިއުމަށް ގިނަ މަަގުތަކެއް ފަހިވެގެންދާނެ އެވެ.
ވޮލީ ކޯޓް ހުޅުވުމަށްފަހު، އެ ކޯޓްގައި ވަނީ ގުރައިދޫ އަންހެނުންގެ ދެ ޓީމް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ގުރައިދޫ ކައުންސިލްއާ ބައްދަލު ކުރެއްވުން-- ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ
ގުރައިދޫއަށް ވަޒީރު ކުރެއްވި މި ޒިޔާރަތުގައި، އެރަށު ކައުންސިލާއި ވަނީ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ގުރައިދޫގެ ކުޅިވަރުގެ ވަސީލަތްތަކުގެ ހާލަތާއި އެރަށަށް ބޭނުންވާ ވަސީލަތްތަކުގެ ތަފްސީލް ކައުންސިލުން ވަނީ ވަޒީރާ ހިއްސާކުރައްވާފަ އެވެ.