ENGLISH
20 ފެބްރުއަރީ 2026
މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތައް ވާހަކަދެއްކި މީހާއަށް ފިޔަވަޅު އަޅަން އެދިއްޖެ
17 ފެބްރުއަރީ 2026
|
މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތައް ވާހަކަދެއްކި މީހާ. ފޮޓޯ؛ވަގުތު
އެންމެ މަޤްބޫލު
ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތައް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި މީހާއަށް ފިޔަވަޅު އަޅަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކަމާ ބެހޭ އިދާރާތަކުގައި އެދިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ދީނާ ހިލާފު އެކި ބާވަތުގެ ވާހަކަތައް ޓިކްޓޮކް ލައިވްއެއްގައި ދައްކަމުން އަންނަ މީހެއްގެ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މިފަދަ ވާހަކަތައް ފަތުރަމުން އަންނަނީ ރާއްޖެއިން ބޭރުގައި ހުރެގެން ނެވެ.
މިކަމާ ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޢަޤީދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތައް ވާހަކަދައްކާފައިވާ މީހާގެ ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށެވެ. މި މީހާއަށް ފިޔަވަޅު އެޅުމަށް ވުޒާރާއިން ރަސްމީކޮށް އެދިފައިވަނީ މިދިޔަ އާދިއްތަ ދުވަހުކަމަށް ވަޒީރު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ގިނަ ރައްޔިތުން އަންނަނީ އެމީހާއަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުން ނެވެ.