ENGLISH
20 ފެބްރުއަރީ 2026
ގާނޫނު އަސާސީ ނަގަހައްޓަންޖެހޭ ހާލަތްތަކުގައި އެމްޑީޕީން އަބަދުވެސް އިސްކުރީ އަމިއްލަ މަސްލަހަތު: ނާއިބު ރައީސް
17 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސެއިން މުހައްމަދު ލަތީފް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ނަގަހައްޓަންޖެހޭ ހާލަތްތަކުގައި އިދިކޮޅު އެމްޑީޕީން އަބަދުވެސް އިސްކުރީ އަމިއްލަ މަސްލަހަތުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނާއިބު ރައީސް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާފަންނުގެ ދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގެ ވެރިކަންތައް ނިމުމުން އެބޭފުޅުން އަމަލު ކުރަމުން އަންނަ ގޮތް ރައްޔިތުންނަށް ސާފުކޮށް ފެންނަންޖެހޭކަމަށް ވިދާޅުވެ ނާއިބު ރައީސް ވަނީ ގާނޫނު އަސާސީ ނަގަހައްޓައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ކިހާ ވަރަކަށް މަސައްކަތް ކުރަމުންދޭތޯ ސުވާލު އުފައްދަވާފައެވެ.
ޑިމޮކްރަސީއެއްގައި ސަރުކާރު ޒިންމާދާރު ކުރުވުމަކީ މުހިންމު ކަމެއްކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއިއެކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ބެލީ އިންތިހާބީ ރައީސް އަޒަލުކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ލީޑަޝިޕުން ކެންޑިޑޭޓުން ގޮވައިގެން ނުކުމެ ދައްކާނެ އިތުރު ވާހަކައެއް ނެތުމުން، މިހާރު ކުރާހާވެސް ކަމަކީ ސަރުކާރުން ކުރަމުންދާ ރަނގަޅު ކަންކަން ރައްޔިތުންނަށް އޮޅޭގޮތަށް ގޯސް ކަންކަމުގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުން ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުންނަށް ވެސް ހަގީގަތް އެނގޭ ކަމަށާއި، އެފަދަ ދޮގު ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ.
"މިއަދުވެސް ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެމްޑީޕީގެ ލީޑަރޝިޕުން ދައްކަނީ ހަމަޖެހޭ އުސޫލުތަކުގެ މައްޗަށް ބިނާކޮށެއް ނޫނޭ. ގައުމު ބައްޓަން ކުރުމުގެ އެބޭފުޅުން ވިސްނުން އިސްކުރަނީ އަބަދުވެސް އެބޭފުޅުންގެ އަމިއްލަ މަސްލަހަތުގައި ހުރި ކަންކަން ތަންފީޒުކުރުމަށޭ. އެކަން އެ ދިޔައީ ފެނިގެން. އޭގެ ކުޑަކުޑަ މިސާލެއް މި ދެންނެވީ. އެހެންނަމަވެސް އެކަން އެގޮތަށް ވި ނަމަ، އެއީކީ މުޅި ގައުމު އަނެއްކާވެސް އެތައް ގުނައެއް ފަހަތަށް ސޮއްސާލައިގެންދާނެ ފަދަ އުނދަގޫ ނިންމުމަކަށް ވެގެންދިޔައީސް." - ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސެއިން މުހައްމަދު ލަތީފް
އަދުގެ ރައީސަކީ ރައްޔިތުންގެ ހާލަތު އެނގޭ ރައީސެއްކަމަށާއި ވެރިކަން ކުރައްވާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.