ENGLISH

16 ފެބްރުއަރީ 2026

Advertisement

ދުވާލަަކު އެންމެ ގިނައިން ފަތުރުވެރިން އައުމުގެ ރެކޯޑް މި މަހު ތިންވަނަ ފަހަރަށް

15 ފެބްރުއަރީ 2026

|

ހަނާން އަހުމަދު ނައީމް

ފޮޓޯ: އެމްއޭސީއެލް

ދުވާލެއްގެ މައްޗަށް ފަތުރުވެރިން އައުމުގެ ރެކޯޑް މި މަހު ތިން ވަނަ ފަހަރަށް މުގުރާލައިފި އެވެ.

އެންމެ ފުރަތަމަ އެ ރެކޯޑް މުގުރާލާފައިވަނީ 10،253 ފަތުރުވެރިންނާއެކު މި މަހު އެކެއްގަ އެވެ. އޭގެ ހަފްތާއެއްފަހުން 10،462 ފަތުރުވެރިންނާއެކު ވަނީ އެ ރެކޯޑް އައު ކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި އޭގެ ފަހުން އިއްޔެ ވަނީ އަނެއްކާވެސް ދުވާލަކު ފަތުރުވެރިން ރާއްޖެ އަންނަ އަދަދުގެ ރެކޯޑް މުގުރާލާފައެވެ. އެގޮތުން އިއްޔެ އެކަނި 11،136 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެގެ ނިޔަލަށް 349،990 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު، 7.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން މިހާތަނަށް އައިސްފައި ވަނީ، ރިސޯޓުތަކަށެވެ. އެ ތަންތަނަށް ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ގެސްޓްހައުސްތަކަށް ވަނީ 94،234 ފަތުރުވެރިން އިއްޔެގެ ނިޔަލަށް އައިސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު