ENGLISH
15 ފެބްރުއަރީ 2026
ވިހި ރުފިޔާގެ ނޫޓުގެ އައު ސްޓޮކެއް ގެނެސްފި
15 ފެބްރުއަރީ 2026
|
ރަން ދިހަފަހެއްގެ ނޫޓުތައް. ފޮޓޯ؛ ޕީއެސްއެމް
އެންމެ މަޤްބޫލު
ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ އިތުރު ސްޓޮކެއް ޗާޕުކޮށްގެން ގެނެސްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 20 ރުފިޔާގެ އިތުރު ސްޓޮކެއް ޗާޕު ކުރީ މިހާރު ހުރި ސްޓޮކް މަދުވުމުގެ ސަބަބުން ކަމަށެވެ.
ޗާޕުކޮށްގެން ގެނައީ ކިހާ އަދަދެއް ކަމެއް އެމްއެމްއޭއިން ހާމައެއް ނުކުރެއެވެ.
ރަންދިހަ ފަހެއްގެ ނަމުގައި ދިވެހި ފައިސާގެ އައު ނޫޓު ސީރީޒް ތައާރަފްކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ.
މި ސީރީޒްގައި ހިމެނެނީ 10، 20، 50، 100، 500 އަދި 1000 ގެ ނޫޓެވެ.
މިއީ އެންމެ ޒަމާނީ، ސަލާމަތީ ސިފަަތައް ބޭނުންކޮށްގެން، ޕޮލިމާ ގައި ޗާޕްކޮށްގެން ނެރުނު ނޫޓު ތަކެކެވެ. މި ނޫޓުތައް ނަކަލުކޮށްގެން ވިއްކުމަކީ ނުކުރެވޭނެ ކަަމެއް ކަމަށް އެމްއެމްއޭއިން ކުރިން ވަނީ ބުނެފައެވެ.