ENGLISH

15 ފެބްރުއަރީ 2026

Advertisement

މާކެޓް ޕްލޭސްގައި އޮޅުވާލައިގެން ފައިސާ ހޯދި ނޭޕާލް މީހަކު ހައްޔަރުކޮށްފި

15 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ-- ފޮޓޯ: ފުލުހުންގެ އިދާރާ

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީަ ނަކުލް ކޭ ސީ، ނޭޕާލް (23އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ  އެވެ.

މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުލުހުން ބުނީ، މި މައްސަލައިގެ އިތުރުން ނަކުލް ކޭ ސީގެ މިފަދަ އިތުރު މައްސަލަތަކެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުން ކަމަށެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ތަފާތު ސްކޭމްތަކާއި، އޮޅުވާލައިގެން މީހުން އަތުން ރުފިޔާ ހޯދާ މީހުން ގިނަވަމުން އަންނާތީ އެކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންގެ އިދާރާއިން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ތަކެތި ގަންނަ ފަރާތްތަކުން އެންމެ ރައްކާތެރި ގޮތަކީ އޮންލައިން ރުފިޔާ ދެއްކުމުގެ ބަދަލުގައި، ތަކެތި އަތަށް ލިބުމުން ރުފިޔާ ދެއްކުން ކަމަށް، ފުލުހުންގެ އިދާރާއިން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު