ENGLISH
15 ފެބްރުއަރީ 2026
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ބްރައިޓް މައިންޑްސްގެ ވެރިޔާ ހައްޔަރުކޮށްފި
15 ފެބްރުއަރީ 2026
|
ބްރައިޓް މައިންޑްސްގެ އޯނަރު އަލީ އަފްލާހު، ފޮޓޯ: ސޯޝަލް މީޑިޔާ
އެންމެ މަޤްބޫލު
ރާއްޖޭގެ އެންމެ މަގުބޫލު ޓިއުޝަން ސެންޓަރުތަކުގެ ތެރޭގައި ހިމެނޭ ބްރައިޓް މައިންޑްސްގެ ވެރިޔާ އަލީ އަފުލާހު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ރޭ ފުލުހުންގެ ހިދުމަތުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި ކުޑަކުއްޖަަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ފާއިތުވި ހަފުތާގެ ބުދަދުވަހު އެ ހިދުމަތުން ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކުރި މީހާގެ ވަނަަވަރު ފުލުހުން ހާމަނުކުރެއެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެމްއެމްޓީވީއަށް ކަށަވަރުވެފައިވާ ގޮތުގައި ހައްޔަރުކުރި މީހަކީ ބްރައިޓް މައިންޑްސްގެ އޯނަރު އަލީ އަފްލާހު، ހައިރާތު، ހުޅުމާލެއެވެ. އޭނާއަށް ތުހުމަތުކުރެވެނީ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގައި ކިިޔެވި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ފާއިތުވި އަހަރުގެ ފަހުކޮޅު ރާއްޖެއިން ބޭރަށް ގޮސް ބޭރުގައި އުޅުމަށްފަހު ރާއްޖެއަށް އެނބުރި އައުމުންނެވެ.