ENGLISH
14 ފެބްރުއަރީ 2026
ރޯދަ މަހު ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑުނުވާނެހެން ޑިސްކައުންޓެއް ލިބޭނެ
14 ފެބްރުއަރީ 2026
|
ސްޓެލްކޯއިން މި މަހުގެ 16 އަދި 17 ވަނަ ދުވަހު ގޭބީސީތަކުގެ ރީޑިން ނަގާނެ
އެންމެ މަޤްބޫލު
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު ގޭބީސީތަކުގެ ކަރަންޓޫ ބިލު 400 ރުފިޔާއަށްވުރެ ބޮޑުނުވާނެހެން ޑިސްކައުންޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރަމަޟާން މަހު ރައްޔިތުން އުފުލާ ތަކުލީފުތައް ކުޑަކޮށްދެއްވުމަށް ހާއްސަ ފިޔަވަޅުތަކެއް ގެންދަވަނީ އަޅުއްވަމުންނެވެ. އެގޮތުން ކޮންމެ ރޯދަމަހަކުވެސް ސަރުކާރުން އަންނަނީ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދެމުންނެވެ. އަދި ފާއިތުވި ދެ ރޯދަމަހުވެސް ރައީސްގެ ނިންމެވުމާ އެއްގޮތަށް ޔުޓިލިޓީސް ކުންފުނިތަކުން ރޯދަމަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދީފައިވެއެވެ.
ފާއިތުވި އަހަރުގެ ރޯދަމަހުގައި ކަރަންޓު ބިލުތަކުން ޑިސްކައުންޓު ދިނުމަށް 130 މިލިއަން ރުފިޔާ ހަރަދުވިއިރު ހުރިހާ ގޭބީސީއަކަށް އެވެރެޖުކޮށް ދިހަ އިންސައްތައިގެ ޑިސްކައުންޓެއް ލިބުނު ކަމަށް ކަރަންޓުގެ ހިދުމަތްދޭ ސްޓެލްކޯއާއި ފެނަކައިން ބުނެފައިވެއެވެ.
މިއަދު ސްޓެލްކޯއިން މީސްމީޑިޔާ މަންސަތަކުގައި އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ބަރަަކާތްތެރި ރޯދަމަހު ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑުނުވާނެހެން ޑިސްކައުންޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެ ޑިސްކައުންޓު ދިނުމަށް ތައްޔާރުވުމުގެ ގޮތުން ރޯދަމަހުގެ ބިލު ވަކިން ތައްޔާރުކުރުމަށް ރޯދަ މަސް ފެށުމުގެ ކުރިން ރީޑިން ނެގުމުގެ މަސައްކަތް ހިނގަމުންދާ ފެބްރުއަރީ މަހުގެ 16 އަދި 17 ވަނަ ދުވަހު ކުރިއަށްގެންދަން ނިންމާފައިވާކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިންވަނީ އެ ދެ ދުވަހު އެ ކުންފުނިން ކަރަންޓު ފޯރުކޮށްދޭ ރަށްރަށުގައި ގޭބީސީތަކުގެ ރީޑިން ނެގުމުގެ މަސައްކަތްކުރިއަށްދާނެތީ ކުންފުނީގެ ކަސްޓަމަރުންގެ ކިބައިން އެއްބާރުލުން ދިނުމަށް އެދިފައެވެ.