ENGLISH
11 ފެބްރުއަރީ 2026
ކުރިއަށް އޮތް އިންތިހާބަކީ އެމްޑީޕީ ރާއްޖެއިން ފޮހެލަން ލިބޭ ފުރުސަތެއް: ފަލާހް
11 ފެބްރުއަރީ 2026
|
މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު. ފޮޓޯ؛މަޖިލިސް
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަކީ އެމްޑީޕީ ރާއްޖެއިން ފޮހެލަން ލިބޭ ފުރުސަތެއްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.
ފަލާހު މިފަދައިން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
މެމްބަރު ވިދާޅުވީ ސަރުކާރުން ރަށްރަށުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުތަކުން ހުރަސް އަޅާފައިވާކަމަށެވެ.
ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި މިސްކިތްތަކުގެ ހާލަތަށް ރިއާއަތްކުރައްވަމުން ފަލާހު ވިދާޅުވީ އޭރު މިސްކިތްތަކުގައި މީހުން ކައިބޮއިހަދައި ނިދި ކަމަށެވެ. އެމްޑީޕީއަކީ ދީނާ ދުރު ފިކުރެއް ގެންގުޅޭ ޕާޓީއެއްކަމަށް ވިދާޅުވެ، ނިމިދިޔަ ސަރުކާރުގައި މިސްކިތްތައް ބިނާކުރުމަށް ފައިސާ ނެގުމަށްފަހު އެ މަސައްކަތްތައް ހުރީ ހުއްޓިފައި ކަމަށް ފަލާހު ވިދާޅުވިއެވެ.
"ހަގީގަތުގައި މި މީހުންނަކީ މިސްކިތްތަކާ ދުރު ބައެއް. ކުރިއަށް މި އޮތީ ލޯކަލް ކައުންސިލް އިންތިހާބު. މިހާރުވެސް ގިނަ ރަށްރަށުގައި މަޝްރޫއުތައް ހިންގުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތީ. ކުރިއަށް މި އޮތީ އެމްޑީޕީ ރާއްޖެއިން ފޮހެލަން ރައްޔިތުންނަށް ލިބޭ ފުރުސަތެއް. ހުރިހާ ބޭފުޅުން "ނޯ" ޖަހަންވީ." - ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ގިނަ ރައްޔިތުން ބޭނުންނުވަނީ ވެސް އެމްޑީޕީގެ ސިޔާސަތުތައް ކަމުނުދާތީކަމަށް މެމްބަރު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މި ސަރުކާރަކީ ދީނީ ސިޔާސަތުތައް ކުރިއަރުވާނެ ސަރުކާރެއްކަމަށް ވަނީ ވިދާޅުވެފައެވެ.