ENGLISH
12 ފެބްރުއަރީ 2026
މިސްކިތްތަކަށް ގެއްލުން ދޭ މީހުން ދޫކުރީ އެމްޑީޕީގެ ލާދީނީ ސިޔާސަތުގެ ތެރެއިން: ޝުޖާއު
11 ފެބްރުއަރީ 2026
|
މެމްބަރު ޝުޖާއު. ފޮޓޯ؛މަޖިލިސް
އެންމެ މަޤްބޫލު
ނިމިދިޔަ އެމްޑީޕީގެ ވެރިކަންތަކުގައި މިސްކިތްތަކަށް ގެއްލުން ދޭ މީހުންނަށް ހައްގު އަދަބު ނުދީ މުޖުތަމައުގެ ތެރެއަށް ދޫކޮށްލީ އެ ޕާޓީގެ ލާދީނީ ސިޔާސަތުތަކުގެ ތެރެއިންކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މިސްކިތްތަކަށް ގެއްލުން ދޭ މީހުންނަށް ހަރުކަށި އަދަބުތައް ދިނުމަކީ ޕީއެންސީން ތާއީދުކުރާ ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ.
މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް އެމްޑީޕީގެ ވެރިކަންތަކުގައި ފެންމަތިވަމުން އައިސްފައިވާ މިންވަރު އިތުރުކަމަށާއި އަދި ނިމިދިޔަ އެމްޑީޕީގެ ވެރިމުގައި މިސްކިތްތަކަށް ގެއްލުން ދިނުން ރެކޯޑު މިންވަރަކަށް އިތުރުވިކަމަށް މެމްބަރު ވިދާޅުވިއެވެ.
ޕީއެންސީއަކީ މިފަދަ ކަންކަމާ ދެކޮޅު ޕާޓީއެއްކަން ހާމަކުރައްވައި މެމްބަރު ވިދާޅުވީ މާލޭ ސިޓީ ކައުންސިލް ޕީއެންސީއަށް ލިބިގެން ދިއުމާއިއެކު މިސްކިތްތަކަށް ގެއްލުންދޭ މީހުން ދެނެގަތުމަށްޓަކައި މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށް ބަލަހައްޓަން ފެށުނުކަމަށެވެ.
މިއާ ހިލާފަށް މިސްކިތްތަކަށް ގެއްލުން ދޭޭ މީހުން އެމްޑީޕީގެ ވެރިކަންތަކުގައި ހައްޔަރުކުރި ނަމަވެސް އެކަށީގެންވާ އަދަބެއް ނުދީ މުޖުތަމައުގެ ތެރެއަށް ދޫކޮށްލާ މަންޒަރު ފެނިފައިވާކަމަށް ޝުޖާއު ވިދާާޅުވިއެވެ.
"މިސްކިތްތަކަށް ގެއްލުން ދޭޭ މީހުން އެމްޑީޕީގެ ވެރިކަންތަކުގައި ހައްޔަރުކުރާތަން ފެނޭ. އެކަމަކު އެންމެ ފަހުން އެ އިން ކޮންމެ މީހަކު ބަދަލުވެގެންދަނީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް. ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުވާދެވޭ މަޒރުކަޒުތައް ރާއްޖޭގައި ގާއިމުކޮށްފައި ހުރީ. މިސްކަތްތަކަށް ގެއްލުންދޭ ކޮންމެ މީހަކު ހައްޔަރުކޮށް 24 ގަޑި އިރު ނުވަނީސް ފެނިގެންދިޔައީ މަގުމަތީގައި އެމީހުން މިނިވަންކަމާއެކު އުޅެމުންދިޔަ މަންޒަރު. އޭރުވެސް ޔަގީންވޭ މިއީ ރޭވުންތެރިކަމާއެކު އެމްޑީޕީގެ ލާދީނީ ސިޔާސަތުގެ ތެރެއިން ކުރަމުން އައި ކަމެއްކަން. " - ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ބޭނުންތެރި މަސައްކަތްތަކެއް ކުރާ މަޖިލީހެއްކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ ވާދަވެރިންވެސް ރަނގަޅުކަމެއް ކޮށްފިނަމަ ބަލައިގަންނާނެކަމަށެވެ.